އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު އިތުރު!

މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު އިތުރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެހން މަސްމަހާއި އަޅާ ބަލާއިރު އިތުރު ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

 

 އެގޮތުން ހަމައެކަނި މިދިޔަ މަހު ހަ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ. މިއީ އެހެން މަސްމަހު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު ނިސްބަތުން ގިނަ އަދަދެކެވެ.

 

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ޔޫރަޕުގެ ގައުމުތަކުންނެވެ. އެއީ 643655 ފަތުރުވެރިންނެވެ. އަދި އޭޝިއާ ޕެސެފިކުގެ ގައުމުތަކުން 567891 ރާއްޖެއަށް ޒިޔާރާތް ކުރިއިރު އެމެރިކާ ސަރަހައްދުން ވަނީ 61044 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައެވެ. އޭގެ އިތުރުން މެދު އިރުމަތިން 47597 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރި އެވެ.

 

މީގެ އިތުރުން، ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ވަގުތު ވެސް ވަނީ މައްޗަށް ޖެހިލާފައި އެވެ. އެގޮތުން އެ އަދަދު ވަނީ 10.4 އިންސައްތައަށް އިތުރުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު