އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ ސަރުކާރުން ދައުލަތް ދަވާލާފައިވާ މިންވަރު، ފޮރިން މިނިސްޓަރ ބަޔާން ކޮށްދެއްވައިފި!

ކުރީގެ ސަރުކާރުން ދައުލަތް ދަވާލާފައިވާ މިންވަރު، ފޮރިން މިނިސްޓަރ ބަޔާން ކޮށްދެއްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ދައުލަތް ދަވާލާފައިވާ މިންވަރު ބަޔާންކޮށްދެއްވަމުން، ފޮރެން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މުވައްޒަފުންނަށް މިހަމު މުސާރަ ދޭނެ މިންވަރުވެސް ޚާޒާނާގައި ނެތް ކަމަށެވެ.

 

މިނިސްޓާރ މިހެން ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިންޑިއާއަށް މާދަމާ ފަށްޓަވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން، އޮންލައިން މީޑިއާ މިހާރުނޫހަށް ދެއްވި އިންޓަވިއުއެއްގައިއެވެ.

 

އެމަނިކުފާނު ވިދާޅުވީ، ބަޖެޓަށް ގާތްގަނޑަކަށް އިތުރު 200 މިލިއަން ޑޮލަރު ލިބިގެން ނޫނީ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ، އިންޑިއާއިން 200 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބޭތޯ ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް މިހާރުން ރިޕޯޓުކޮށްފައި ވެއެވެ.

 

އެނގިފައިވާ ގޮތުން، ބަޖެޓް ސަޕޯޓުގެ ގޮތުގައި އެކި ގައުމުތަކުން ދޭ ހިލޭ އެހީ މި މަހު ނުވަތަ އަންނަ މަހު ރާއްޖެއަށް ލިބޭނެ އެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު