އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ އިން އަންހެނުންނަށް ޚާއްޞަކޮށްގެން ދުވުމެއް ބާއްވަނީ..

ޓީއެފްޖީ އިން އަންހެނުންނަށް ޚާއްޞަކޮށްގެން ދުވުމެއް ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އަންހެނުންނަށް ޚާއްޞަކޮށްގެން ދުވުމެއް ބާއްވަން ނިންމާ، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ.

 

ޓީއެފްޖީ އިން ބުނީ 'ރަނިންރަން' (runinrun)ގެ ނަމުގައި ބާއްވާ މި ދުވުން އޮންނާނީ އަންނަ 2019 ވަނަ އަހަރުގެ މާރޗު 1 ވަނަ ދުވަހު ކަމަށެވެ. އަދި މި ދުވުމުގައި ދުވާނީ 7 ކިލޯމީޓަރުގެ ރާސްތާއެއް ކަމަށެވެ.

 

މީގެއިތުރުން މިއީ ހަމައެކަނީ އަންހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ ދުވެމެއްކަމަށްވާތީ، މި ދުވުން އިންތިޒާމުކުރުމުގެ ހުރިހާ ކަމެއްގައިވެސް ހަރަކާތްތެރިވާނީ އަންހެނުން ކަމަށް ޓީއެފްޖީ އިން ބުންޏެވެ.

 

"ކުރިން އަހަރުމެން ބާއްވާ ދުވުންތަކުގަ، އިންތިޒާމުކުރުމުން ފެށިގެން ހުރިހާ ހަރަކާތްތަކެއްގަ ދެޖިންސުގެ މީހުން ބައިވެރިވާނެ. އެކަމަކު މި ދުވުމުގަ ހުރިހާ ކަމެއްވެސް ކުރާނީ އަންހެނުން. މާނައަކީ ޓައިމިންގ ބެލުމާ ހުރިހާ ކަމެއްގައިވެސް އުޅޭނީ އަންހެން ކަނބަލުންނޭ" ޓީއެފްޖީގެ އޮފިޝަލަކު ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ http://www.gotorace.com/event/runinrun-2019/ ލިންކުމެދުވެރިކޮށް ރަނިންރަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ދުވުން އޮންނާނީ 1 މާރޗު 2019 ވަނަ ދުވަހުގެ ހެނދުނު 07:20 ގައި ކަމަށާއި ކިޓް ޙަވާލުކުރުން އޮންނާނީ 27 ފެބްރުއަރީ 2019 ގައި ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް