އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމަލުން ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ކޮށްދޭ މީހާއަށްވުރެ ބަހުން ތަޢްރީފް އޮއްސާ މީހާއަށް ސަމާލުކަން ދޭނަމަ އެމީހާ އެހެރީ މަގުފުރެދިފަ!

އަމަލުން ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ކޮށްދޭ މީހާއަށްވުރެ ބަހުން ތަޢްރީފް އޮއްސާ މީހާއަށް ސަމާލުކަން ދޭނަމަ އެމީހާ އެހެރީ މަގުފުރެދިފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ބަހުން ތަޢްރީފް އޮއްސާ މީހާއަށްވުރެ އަމަލުން ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ކޮށްދޭ މީހާގެ މުހިންމުކަން މާބޮޑެވެ! ނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައެއްގެ ކުރިމަތީގައި މުހިންމީ ބަހުން ތަޢްރީފްކުރާ މީހުންނެވެ. އަމަލުން ކިތަންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަކީ އެއްވެސް މުހިންމު މީހެއް ކަމަކަށް ނުބަލައެވެ.

 

މިހެން މިދިމާވަނީ ޚުޝާމަދުކުރުމަށް ލޯބިކުރެވޭތީއެވެ. މީސްތަކުންގެ ތަޢްރީފަށް ބޭނުންވާތީއެވެ. ނަމަވެސް ޚުޝާމަދު ކުރުމަށް ލޯބިކުރުމާއި މީސްތަކުންގެ ތައްރީފަށް ބޭނުންވެ އެފަދަ ކަންކަން ކުރުމުން މަރުޙަބާ ކިޔުމަކީ މިސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

 

މިފަދަ ކަންކަމަކީ މުސްލިމުން ކޮށްގެންވާނެވެސް ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރުމުގައި ހައްދުފަހަނއަޅައި ދިއަ މުޖުތަމައުތަކަށް ﷲ ތަޢާލާ ވަނީ ކޯފާ ފޮނުއްވަވައިފައެވެ. އެހެނީ މީސްތަކުންނަށް ވާޖިބުވެގެންވަނީ މީސް މީހުންނަށް ސަނާ ކިޔުމެއް ނޫނެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވުނީ ވެރިންނަށާއި މަހުޖަނުންނަށް ސަނާ ކިޔާކަށް ނޫނެވެ. ވެރިންނާއި މަހުޖަނުން މަތިވެރިކުރާކަށްވެސް ނޫނެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވެވިފައި މިވަނީ ﷲ ތަޢާލާ މަތިވެރި ކުރުމަށެވެ. ޙަމްދް ޘަނާ ކިޔަން ޖެހޭނީ ﷲ ތަޢާލާއަށެވެ.

 

ދުނިޔޭގައި ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު ތައްރީފްގެ ބަސްތައް އޮއްސައި ސަނާ ކިޔަނީ އެމީހެއްގެ ކިބައިން ކޮންމެވެސް ކަންތައްތަކެއް ބޭނުންވެގެންނެވެ. ޚާއްޞަކޮށް ޙައްޤު ނޫން ގޮތުގައި ކަންތައްތަކެއް ބޭނުންވުމުންނެވެ. ނާޖާއިޒު ފައިދާއެއް ނަގަން ބޭނުންވުމުންނެވެ.

 

އެމީހަކު ޙާޞިލުކުރަން ބޭނުންވި ކަންތައް ޙާޞިލުވުމުން އެމީހާ ދުވެ ފިލާނެއެވެ. ނަމަވެސް ތިމާއަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އަމަލުން ކިތަންމެ ކުޑަ ނަމަވެސް އެހީތެރިކަން ފޯރުކޮށްދޭ މީހާޢަކީ އެހައި ފަސޭހައިން ފިލާނެ މީހެއް ނޫނެވެ. އެމީހާ އެކަންކަން އެ ކޮށްދެނީ ހިތުގެ ލޯބިން ކަމަށްވާތީއެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚުޝާމަދުކުރުމަށް ނުހެއްލޭށެވެ. މީސްތަކުންގެ ތައްރީފަށްވެސް ނުހެއްލޭށެވެ! އެކަމުން ލިބޭނީ ކަނޑައެޅިގެން ގެއްލުމާއި ހަލާކެވެ. މިދުނިޔޭގައި އެކަންޏެއް ނޫނެވެ. އާޚިރަތުގައިވެސް މެއެވެ. ވީމާ ޚުޝާމަދު ކުރުމާއި ތައްރީފަށް ހެއްލި ގެއްލެނިވެގެންވާ މީހުންގެ ތެރޭގައި ނުހިމެނޭށެވެ!

 

ޢުމަރުގެފާނުގެ ބަސްފުޅުން ޢިބްރަތް ޙާޞިލުކުރާށެވެ! ހެޔޮ އެދޭނަމަ ކުރެވޭ ކުށްތައް ބުނެދީ އިޞްލާޙްކުރަން މަސައްކަތްކޮށްދޭށެވެ. ވިދާޅުވި ބަސްފުޅުންނެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް