އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުންމީދުތަކަކާއެކު ރައީސް ޞާލިޙް އިންޑިއާއަށް ފުރާވަޑައިގެންފި

އުންމީދުތަކަކާއެކު ރައީސް ޞާލިޙް އިންޑިއާއަށް ފުރާވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ގިނަ އުންމީދުތަކަކާއިއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިއޢާއަށް ފުރާވަޑައިގެންފިއެވެ.

ފުރާވަޑައިގަތޔުމުގެ ކުރރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް ކަމަށާއި މިދަތުރުފުޅުގެ ތެރެއިން ދެ ޤައުމަށްވެސް ފައިދާ ކުރާނެ އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންޑިއާއިން ގެންދަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ހަމަ އެ އެޙީތެރިކަން ލިބޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިދަތުރުފުޅުގެ ތެރެއިން 2 ޤައުމުގެ ވިޔަފާރިވެރިން ބަދަލުކޮށް މަޝްވަރާކުރާނެ ކަމަށާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު އިންޑިއާގެ އިންވެސްޓަރުންނަށް ފޯރުކޮށް ދޭނެ ކަމަށެވެ.


"މިދަތުރުގައި ލިބޭނެ އެންމެ ބޮޑު އުފަލަކީ އިންޑިއާގައި ދިރިއުޅޭ ރާއްޖޭގެ ޢާއިލާތަކާއި ބައްދަލުކޮށް ޙާލު އޮޅުންފިލުވޭނެކަން. ދެ ޤައުމުގެ މެދުގައި އެއްބާރުލުންދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު އެއްބަސްވުމަކީ ސިސާގެ އެއްބަސްވުން. އެ އެއްބަސްވުމުގައި ސޮއިކުރުމުން ޑިޕެންޑެންޓް ވިސާ ހޯދުމާ ބޭސްފަރުވާ ކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ."

"ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް އެއްބާރުލުން ދެމުން އަންނަ ، ޞިއްޙީ، ދިފާޢީ، ޘަޤާފީ ކަންކްމުގަ އިތުރުން ގުޅުން ބަދަހިވެގެންދާނެ. މީގެ އިތުރަށް ބަޖެޓް ސަޕޯޓް ހޯދުމަށާ ބޭނުންވެފައިވާ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމާއި ބެހޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިދަތުރުފުޅުގައި ބޮޑުވަޒީރާއި ރައީސްގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް