އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިނަލްއަޤްވާމީ ގުޅުން ކެނޑިދާނެ އެއްވެސް ކަމެއް މިސަރުކާރަކުން ނުކުރާނެ: ރައީސް ޞާލިޙް

ބައިނަލްއަޤްވާމީ ގުޅުން ކެނޑިދާނެ އެއްވެސް ކަމެއް މިސަރުކާރަކުން ނުކުރާނެ: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން، ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަޞީލަތަކީ، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅުން ބަދަހިކުރުންކަމަށްވާއިރު އެގުޅުން ކެނޑިގެންދާ ފަދަ އެއްވެސް ކަމެއް އެމަނިފާނުގެ ސަރުކާރުން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިއާ އާއިއެކު ބަދަހި ގުޅުމެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. މިބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާތަކާއި އަދި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލުއަހުވާލު އޮޅުންފިލުއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް