އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރަކަށްވުރެ ގިނަ ދުވަހު މެދުކެނޑިފައި އޮތުމަށް ފަހު، ދަ ކަޕިލް ޝަރުމާ ޝޯވ އަނެއްކާވެސް ފަށަނީ..

އަހަރަކަށްވުރެ ގިނަ ދުވަހު މެދުކެނޑިފައި އޮތުމަށް ފަހު، ދަ ކަޕިލް ޝަރުމާ ޝޯވ އަނެއްކާވެސް ފަށަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރާއްޖެއާއި އިންޑިއާގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ' ދަ ކަޕިލް ޝަރުމާ ޝޯވ ' އަނެއްކާވެސް ފަށަން ތާއްޔާރުވެ، ސޮނީ އެންޓަރޓައިންމެންޓް ޗެނަލުން އިޝްތިހާރު ދައްކަން ފަށައިފިއެވެ.

 

އެ ޗެނަލްގެ އިޝްތިހާރުތަކުން ފެންނަގޮތުގައި މމި ޝޯވ ފެށުމަށް ނިންމާފައިވަނީ މި ޑިސެމްބަރ މަހުގެ 29 ގައެވެ. އަދި މި ޝޯވް އަލުން މި ފަށަނީ އެއްއަހަރަށްވުރެ، ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

 

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާ، ޢާއިލާ އާއެކު ބަލައިލަން ހުރިހާ ރަހަތަކެއްވެސް ހިމެނޭގޮތަށް ފަރުމާކޮށް ގެނެސްދެމުން އައި މި ޝޯވ މީގެ ކުރިންވެސް ވަނީ ހުއްޓާލާފައެވެ.

 

އެ ޝޯވ ހުށަހަޅައިދޭ ކޮމޭޑިއަން އެކްޓަރ ކަޕިލް ޝަރުމާގެ ސިއްހީ މައްސަލަތަކެއް ދިމާވުމުން އެތައް ޝޯވތަކެއް ކެންސަލް ކުރުމަށްފަހު، ފައިބެއަހަރު އެ ޝޯވ ވަނީ އަލުން ފަށާފައެވެ. ނަމަވެސް އެ ޝޯވތަކަށް ބެލުންތެރިންގެ މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. ސަބަބަކަށްވީ ކުރިން ގެނެސްދިން ގޮތާއި ޚިލާފަށް އެޝޯވތައް ފަރުމާކޮށްފައިވުމެވެ.

 

އެހެންނަމަވެސް މި މަހު މި ޝޯވ އަލުން ފަށާއިރު، ކުރީގެ ތަޖުރިބާއަށް ބަލާ، ބެލުންތެރިން ބަލާހިތްވާފަދަ ގޮތަކަށް ޝޯވ ގެނެސްދޭނެ ކަމަށް ބެލެވެއެވެ.

 

"ދަ ކަޕިލް ޝަރުމާ ޝޯވ" އަކީ އިންޑިއާ އާއި ބޭރު ޤައުމުތަކުގައިވެސް މަޤުބޫލު ޝޯވއެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް