އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކުޑަސިޓީ ބަލިކޮށް ޗެލެންޖަރސް އެފްސީ އިން ތުއްތޮންބެ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ކުޑަސިޓީ ބަލިކޮށް ޗެލެންޖަރސް އެފްސީ އިން ތުއްތޮންބެ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ކުޑަސިޓީ ބަލިކޮށް ޗެލެންޖަރސް އެފްސީ އިން ތުއްތޮންބެ ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

 

ތުއްތޮންބެ ކަޕް 2018 ގެ ޗެމްޕިއަންކަން ޗެލެންޖަރސް އެފްސީ އިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޝޫޓްއައުޓުގައި 4 ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

 

މާލެއަތޮޅު ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ 90 މިނެޓު ނިންމާލަންޖެހުނީ އެއްވެސްޓީމަކަށް ލަނޑުބޯޑުން ސުމެއް ކަނޑުވާނުލެވިއެވެ. ނަމަވެސް ދެޓީމުންވެސް ވަނީ ހަމަލާތައް އުފައްދާ އިދިކޮޅު ޓީމަށް ނުރައްކާތެރި އެތައް ހަމަލާތަކެއް ފޮނުވާލާފައެވެ.

 

އެއްވެސް ޓީމަކަށް ކާމިޔާބުނުވެ، މެޗުގެ ފުރިހަމަ ވަގުތު ނިމުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އެގޮތުން ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ޗެލެންޖަރސް އެފްސީ އިން ކުރިހޯދީ 4 ލަނޑު 2 ލަނޑުންނެވެ.

 

ފައިނަލް މެޗު ނިމުމުން ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އަދި މެޗު އޮފިޝަލުންނަށް ވަނީ ތައްޓާއި މެޑެލް ޙަވާލުކޮށްފައެވެ.

 

މިއީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޟާ ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އެހެންނަމަވެސް ފައިބެއަހަރު ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކިރަށްރަށުގައި ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ސަބަބުން އެ މުބާރާތް ބޭއްވޭގޮތް ވަނީ ނުވެފައެވެ.

 

އެހެންކަމުން މިއަހަރުގެ މުބާރާތް ބޭއްވި އިރު، 6 ޓީމަކުން ބައިވެރިވިއެވެ. އެއީ ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް އެފްސީ، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީ އެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް