އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ރަށްތަކެއްގެ ނަރުދަމާގެ މަސައްކަތް ހިންގައިފިނަމަ ބަނގުރޫޓު ވާނެ: ފެނަކަ

ގިނަ ރަށްތަކެއްގެ ނަރުދަމާގެ މަސައްކަތް ހިންގައިފިނަމަ ބަނގުރޫޓު ވާނެ: ފެނަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު

ރާއްޖޭގެ  20 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ކުރީގެ ސަރުކާރުން ފެނަކައާއި ހަވާލުކޮށްގެން މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ އެވަރުގެ ގާބިލް ކަމެއް ނެތް ކަމަށާއި، އޭގެ ސަބަބުން ކުންފުނި ބަނގުރޫޓްވެދާނެކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވަނިކޮށް ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

 

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަޝްރޫއުގެ ދަށުން އެ ކުންފުންޏަށް ދެމެހެއްޓެނެވި ފައިދާއެއް ނުކުރާނެ ކަމަށާއި ފެނަކަ އޮތީ މާލީގޮތުން ދަތި ހާލަތެއްގައި ކަމަށެވެ.

 

ފެނަކައިން ބުނީ އެކުންފުނިން ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއާއެކު ކުރެވުނު މުއާމަލާތްތަކުގައި ފާހަގަކޮށްފައި ވާނީ މާލީގޮތުން އެފަދަ މަޝްރޫއެއް ހިންގުމުގެ ގާބިލްކަން އެކުންފުނީގައި ނެތުމުން، އެފަދަ މަޝްރޫއަކުން ދެމެހެއްޓެނެވި ފައިދާއެއް ނުކުރާނެކަމާއި އަދި ކުންފުންޏަކީ މާލީގޮތުން ދަތި ހާލަތެއްގައި އޮތް ކުންފުންޏަކަށް ވާއިރު، މިފަދަ ބޮޑު ލޯނެއް މި ހާލަތުގައި މި ކުންފުނީގެ ނަމުގައި ނަގައިފިނަމަ، ކުންފުންޏަށް ފައިދާ ކުރާނެ ޕްރޮޖެކްޓްތައް ކުރިއަށް އޮތްތަނުގައި ހިންގުމަށްޓަކައި "އެކްސްޓަރނަލް ފައިނޭންސް" ހަމަޖެއްސުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.

 

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ އެގޮތަށް ކަންކަން ހުރިއިރު، އެ މަޝްރޫއު ހިންގުމަށް ކުންފުނޏާއި ހަވާލުކުރާއިރު ކަމުގެ ގާބިލްކަން ނެތުމުގެ ސަބަބުން ކުންފުނި ބަނގުރޫޓްވުމަކީ އެކަށީގެންވާ ކަމެއް ކަން ކުންފުނިން ފާހަގަކޮށްފައިވާނެ ކަމަށެވެ.

 

އޭސީސީން ވަނީ މި މަޝްރޫއަކީ ފެނަކައަށް ހިންގޭނެ ވަރުގެ ގާބިލްކަން ނެތް މަޝްރޫއަކަށް ވާތީ އެކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އަންގާފައެވެ.

 

އެއްބަސްވުމާއިގުޅޭ މައްސަލަތައް ބެލުމަށްފަހު 12 ނުކުތާއެއް ފާހަގަކޮށް އޭސީސީންބުނެފައި ވަނީ މި އަހަރުގެ ކުރީކޮޅު ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމުކުރުމަށްޓަކައި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއާ ގުޅޭ އެންމެހާ ކަންކަން ބާތިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގާފައިވާ ކަމުގައެވެ.

  

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ