އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާގެ "ބާރުދެރަކަމުން" ވަރިވެ "ހެލްދީ" ފިރިއަކު ހޯދި އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ - އެންމެންނަށް ޢިބްރަތެއް!

ފިރިމީހާގެ "ބާރުދެރަކަމުން" ވަރިވެ "ހެލްދީ" ފިރިއަކު ހޯދި އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ - އެންމެންނަށް ޢިބްރަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ކައިވެންޏަށް 17 އަހަރެވެ. 4 ދަރިން ވަނީ ލިބިފައެވެ. ދެމަފިރިން ދިރިއުޅެނީ މެދުމިނިގެ ތަނަވަސްކަމެއްގައި އުފަލުގައެވެ. ނަމަވެސް އަނބިމީހާ އަބަދުވެސް ކުރާ ޝަކުވާއެއް އޮވެއެވެ. އެއީ ފިރިމީހާ އަކީ ޖިންސީ ގޮތުން ބަލިކަށިމީހެއް ކަމުގެ ޝަކުވާއެވެ.

އެއް ރޭ އެކުގައި ނިދަން ތިބެފައި މިޝަކުވާގެ ތެރެއިން ވާހަކަދައްކަމުން އަނބިމީހާ ފިރިމީހާއާއި ދިމާއަށް ބުނީ ފިރިމީހާ އާއިއެކުގައި އުޅުމަށްވުރެ ކުޑަކުދިން ގެންގުޅޭ ކުލޭ ގަނޑެއް ގެންގުޅުންވެސް މާރަނގަޅުވާނެ ކަމަށެވެ. އަދި ބޭނުންވަނީ ވަރިވާން ކަމަށެވެ. 

މިފަދަ ޒުވާބުތައް ގިނަވެ އެހެން ގޮތެއް ނެތިގެން އަނބިމީހާ ވަރިކުރީއެވެ. ޢިއްދަ ހަމަކުރުމަށްފަހު އަނބިމީހާ "ހެލްދީ" ފިރިހެނަކާއި ކަައިވެނިކުރިއެވެ.  

ކައިވެނީގައި އުފަލުގައި ދިރިއުޅެވުނީ 3 މަހެއްހައި ދުވަހުއެވެ. "ހެލްދީ" ފިރިމީހާއަށް ސްޓްރޯކެއް ޖެހިފައި ޕެރަލައިޒްވީއެވެ. ޑޮކްޓަރުންގެ ފަރުވާއިންވެސް މާބޮޑު ލުޔެއް ނުލިބުނެވެ. އޮންނަން ޖެހުނީ އެނދުގައެވެ. 

އެ ހާލުގައިވެސް ކުރީގެ ފިރިމީހާ ދިއައީ ދަރިންނަށް ޚަރަދުކުރަމުންނެވެ. ކޮންމެ މަހެއްގެ ވެސް ފުރަތަމަ ދުވަހު އައިސް ފައިސާ ޙަވާލުކުރެއެވެ. ދަރިން ސްކޫލުން ގެނެސްދީ ވެސް ހަދައެވެ. ނަމަވެސް އެގެއަށް ވަދެއެއް ނުއުޅެއެވެ. 

ސްޕަރމާކެޓަކުން ދެމީހުން ބައްދަލުވި ދުވަހަކު ކުރީގެ އަނބިމީހާ އޭނާ އަށް ދިރިއުޅެންޖެހިފައިވާ ޙާލު ކިޔައިދިނެވެ. ހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު ބުންޏެވެ. "ކަލާއަށް ދިރިއުޅެން ޖެހިފައިވާ ޙާލަތާއިމެދު ހިތާމަ ކުރަމެވެ. އެއްވެސް މީހަކަށް ދެރަ ގޮތެއް ވުމަކަށް ނުއެދެމެވެ. ކަލާއަށާއި ކަލާގެ ފިރިމީހާއަށްޓަކައި ހެޔޮ ދުޢާވެސް ކުރަމެވެ. ވަކިން ބޮޑަށް ދެރަވަނީ ކަލާގެ އުންމީދުތަކަށް ހުރަސް އެޅުނުކަމާއިމެދުގައެވެ. ކަލާ އެދުވަހު ކަންބޮޑުވީ ކްލޭގަނޑެއް ގެންގުޅެން ޖެހިގެންނެވެ. އެއީ އަހަރެންގެ އެންމެ ގުނަވަނެކެވެ. މިއަދު ތިއަވަނީ މުޅި ހަށިގަނޑު ކްލޭގަނޑަކަށް ވެފައިވާ ފިރިއަކާއިއެކު އުޅެންޖެހިފައެވެ. އެ ކްލޭގަނޑު ގެންގުޅެންޖެހިފައެވެ. ދެން ވެސް ވިސްނާލައި ތައުބާވާށެވެ! ފާފަ ފުއްސެވުން އެދި ދުޢާ ކުރާށެވެ. އަހަރެން އަބަދުވެސް ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރަމެވެ." 

ކުރީގެ ފިރިމީހާ އެހެން ބުނެފައި ދާން ހިނގައިގަތް އިރު ލޮލުން ހުރީ ކަރުނަ ފާއަދައިފައެވެ. ތަންކޮޅެއް ދުރަށް ދިއުމަށްފަހު ކަރުނަ ފޮހެލިތަންވެސް ފެނުނެވެ. 

މިއީ މިފަދަ ތަނެއްގައި ކިޔައިދޭން މާ ރީތި ވާހަކައަކަށްވެސް ނުވެދާނެއެވެ. ނަމަވެސް މިއީ ވަރަށް އިބްރަތްތެރި ވާހަކައެކެވެ. އިންސާނުންގެ ދިރިއުޅުމާއި ކެތްތެރިކަމާއި ގުޅިފައިވާ މުހިންމު ފިލާވަޅެކެވެ.

އެއްވެސް މީހެއްގެ ހުރިހާ ކަންކަން އެންމެ ފުރިހަމަ ނުވެދާނެއެވެ. ހަމައެކަނި އެންމެ ކަމަކަށްޓަކައި ކައިވެނި ރޫޅައި ނުލާށެވެ! އެކަމަކަށް ކެތްތެރިވެ ދުޢާ ކުރާށެވެ. ﷲ ތަޢާލާގެ ހަޟްރަތުން ވާގި އެދޭށެވެ. ހެޔޮ ގޮތްތައް ފެންނާނެއެވެ! އަމިއްލަ އުފަލަށްޓަކައި ފިރިމީހާ ނިކަމެތިކޮށްލައި 3 ދަރިން ނިކަމެތިކޮށްލުމުގެ ނަތީޖާ ނިކަން ދެކި ބަލާށެވެ! 

މިކަމަށް ފިރިންވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އަނބިމީހާގެ ކިބައިން އެފަދަ އުނިކަމެއް ފެނުނު ނަމަވެސް އަނބިމީހާ ހިތުގައި ޖައްސައި ބާކީކޮށްލަން ހެޔޮ ނުވާނެއެވެ! ތިމާއަށް ކުރިމަތިލާން ޖެހޭނީ ކޮންފަދަ ބޮޑު ނިކަމެތި ކަމަކާއިކަން ނުވެސް އެނގޭނެއެވެ!

- "އަލްދަންމަރު" މަޖައްލާއިން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް