އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ-ހުޅުމާލެ ބަސް ދަތުރުތަކަށް އަންނަ މަހުން ފެށިގެން އަގު ނަގަނީ، އެންމެ 10ރ.

މާލެ-ހުޅުމާލެ ބަސް ދަތުރުތަކަށް އަންނަ މަހުން ފެށިގެން އަގު ނަގަނީ، އެންމެ 10ރ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 40 ސިކުންތު

މާލެ-ހުޅުމާލެ ބަސް ދަތުރު ތަކަށް އަންނަ މަހުން ފެށިގެން އަގު ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

 

އެމްޕިއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިފެށޭ އަހަރުގެ ޖެނުއަރީ މަހު 1 ން ފެށިގެން، އެެފަރާތުން ދެމުންގެންދާ މާލެ-ހުޅުމާލެ ބަސްދަތުރުގެ ޚިދުމަތްތަކަށް އަގުނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

 

އެގޮތުން އެދަތުރުތަކަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ:

·        މާލެ-ހުޅުމާލެ: 10 ރުފިޔާ

·        ހުޅުމާލެ-މާލެ: 10 ރުފިޔާ

·        މާލެ-ހުޅުލެ: 10 ރުފިޔާ

·        ހުޅުލެ-މާލެ: 10 ރުފިޔާ

·        ހުޅުލެ-ހުޅުމާލެ: 10 ރުފިޔާ

·        ހުޅުމާލެ-ހުޅުލެ: 10 ރުފިޔާ،

 

 

އެމްޕީއެލް އިން ހުޅުލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން ހުޅުލެއަށް ބަސް ދަތުރެއް 10 ރުފިޔާއަށް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެމްޓީސީސީން މިދަތުރުތަށް ޒަމާނުއްސުރެ ކޮށްދެމުން އައިސްފައިވަނީ 20 ރުފިޔާއަށެވެ.

 

މީގެއިތުރުން އެމްޕީއެލް އިން ބުނެފައިވަނީ ބަހުގެ ޚިދުމަތުން އަގުނެގުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ފަރާތުން އެކަމަށް ތައްޔާރުކޮށްފައިވާ "ޓަޗްލިންކް" ކާޑުން ކަމަށާއި 25 ޑިސެމްބަރ 2018 އިން ފެށިގެން މާލެ ބަސް ޓާމިނަލުންނާއި ހުޅުމާލޭގެ މެއިން ބަސް ސްޓޮޕް (N1  ގެ ދެވަނަ ބަސް ސްޓޮޕް) އިން ކާޑު ވިއްކުމާއި ޓޮޕްއަޕް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

 

ކާޑުގެ އަގަކީ 20 ރުފިޔާއެވެ. އަދި އެކާޑުން ދަތުރު ކުރެވޭނީ ބޭނުންވާ އަދަދަކަށް ރީލޯޑް (ޓޮޕްއަޕް) ކޮށްގެން ކަމަށް ވެސް އެމްޕީއެލްގެ އިއުލާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ