އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

لا اله الا الله ކިޔަން އެނގުން ފިޔަވައި ދީނުގެ އެއްވެސް ޢިލްމެއް ނެތް އަހަރުތަކެއް ފާއިތުވެގެންދާނެ! ކޮޅުމަތި ދަނީ ފެންނަމުން!: ބިލާލް އައްސަދު

لا اله الا الله ކިޔަން އެނގުން ފިޔަވައި ދީނުގެ އެއްވެސް ޢިލްމެއް ނެތް އަހަރުތަކެއް ފާއިތުވެގެންދާނެ! ކޮޅުމަތި ދަނީ ފެންނަމުން!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

لا اله الا الله ކިޔަން އެނގުން ފިޔަވައި ދީނުގެ އެއްވެސް ޢިލްމެއް ނެތް ނެތް އަހަރުތަކެއް ފާއިތުވެގެންދާނެއެވެ! އެކަލިމަ ވެސް އެމީހުންނަށް އެނގޭނީ އެކަލިމަ ޢާއިމެދު މާބޮޑު މައުލޫމާތެއް އެނގޭތީއެއް ނޫނެވެ. ކާބަފައިން ކިޔައި އުޅުނު ކަލިމައެއްގެ ގޮތުގައެވެ. އެޒަމާނުގައި ދީނުގެ ޢިލްމުވެރިންނެއް ނުތިބޭނެއެވެ. ޢިލްމުވެރިން ވާނީ މަރުވެ ހުސްވެފައެވެ.

މިހެން މިވަނީ މީސްތަކުން ޖާހިލުވެ ދީނާއިމެދު ވިސްނާ ބައަކުވެސް ނެތުމުންނެވެ. ދިނުގެ ޢިލްމު ޙާޞިލު ކުރުމުގެ ޝައުޤުވެރިކަންވެސް މީސްތަކުންގެ ކިބައިގައި ނެތުމުންނެވެ. އުނގެނެން ބޭނުންވާ ބައަކުވެސް ނެތުމުންނެވެ. 

އެއްވެސް ޢިލްމުވެރިއަކު ޙާޞިލުކޮށްފައިވާ ޢިލްމު ﷲ ތައާލާ އަނބުރައި ނުގެންދަވާނެއެވެ. އެމީހަކު މަރުވުމުން މެނުވީއެވެ. ނަމަވެސް އެމީހަކު އިލްމުގެ ބޭނުން ނުހިފާނަމަ، ޢިލްމާއިމެދު ފަރުވާ ކުޑަކޮށްފިނަމަ ހަނދާން ނެތުމަކީ ތަފާތު މައްސަލައެކެވެ. 

މިކަންކަމަކީ ޤިޔާމަތް އެންމެ ކައިރިވަމުން އަންނައިރު ފެންނާނެ ކަންކަމެވެ. މިއަދުގެ ހާލަތަށް ބަލައިފިނަމަ ވިސްނަން ޖެހޭ ދެ ކަމެއް މިދަނީ ފެންނަމުންނެވެ. ދީނީ ޢިލްމުވެރިންގެ ތެރޭގައި ތިބި ބައެއް ޢިލްމުވެރިން ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ބަލައިލުމެއް ނެތި ހިތަށް އެރިހާ ގޮތަކަށް ފަތުވާތައް ދެމުން އެބަ ގެންދެއެވެ. އެމީހުންގެ ހިތުގައި ﷲ ތަޢަލާއަށް އެއްވެސް ބިރުވެތި ކަމެއް ނެތެވެ. 

ދެވަނަ ކަމަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް އެއިގެ އަޞްލާއި އެއްގޮތަށް ހާމަކުރައްވާ އިލްމުވެރިންނަށް ކުރިމަތިވެވަޑައިގަންނަވަމުންދާ މައްސަލަތަކެވެ. ބައެއް ހާލަތްތަކުގައި އެފަދަ އިލްމުވެރިންގެ އިސްތަށިފުޅުގައި ބޮޑެތި އިލްޒާމްތައް އަޅުވައި އެބަ މަރުގެ އަދަބު ދެއެވެ. އަނެއްބައި ފަހަރު އެފަދަ ޢިލްމުވެރިން ދިގު މުއްދަތަށް އެބަ ޖަލުގައި ބަންދުކުރެއެވެ. ޢުމުރަށްވެސް އެބަ ޖަލަށްލައެވެ. މިއިން ކޮންމެ ޙާލަތަކީވެސް އެބޭކަލެއްގެ ޢިލްމު ފެތުރުއްވެވުމަށް ހުރަސް އެޅިގެންދާ ޙާލަތެކެވެ. 

ހަމަ އެއާއިއެކު ޢިލްމްވެރިން ފަޟީޙަތް ކުރަން ގެންދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ޢިލްމުވެރިންގެ އިތުބާރު ދަނީ ގެއްލެމުންނެވެ. އެހެން އިބާރާތަކުން ބުނާ ނަމަ އިސްލާމް ދީނުގެ އަދުއްވުން ގެންދަނީ ދީނީ ޢިލްމުވެރިންގެ އިތުބާރު މީސްތަކުންގެ މެދުގައި ގެއްލުވައިލަމުންނެވެ.

މިއީ ވެސް އިސްލާމް ދީނުގެ ޢިލްމު ނެތިކޮށްލައި މުސްލިމުން މަގުފުރައްދަން ހިންގާ ވަރަށްބޮޑު ޕްރޮޕަގެންޑާއެކެވެ. އެމަޅީގައި ޖެހި ޒުވާނުންތައް މިދަނީ ހަލާކުވަމުންނެވެ. އެމަޅީގައި ޖެހޭ ޒުވާނުން މުސްލިމުންގެ ނަމުގައި ތިބެ އެގެންދަނީ އިސްލާމް ދީން ކަތިލަމުންނެވެ. މިއީ އިސްލާމް ދީނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކައުތެރި އެއް މައްސަލައެވެ. 

ޢީސާގެފާނު ފަސްދާނުލެވޭނީ މަދީނާގައެވެ. އެއަށްފަހު މަދީނާ އިން ވެސް ޢިލްމީ ނޫރު ނެތިގެންދާނެއެވެ. ދަތުރުވެރިންނަށް މަދީނާ ފެންނަނީ ކޮންމެވެސް ޒަމާނެއްގައި މުސްލިމުން، ދީނުގެ ޢިލްމުވެރިން ދިރިއުޅުނު ތަނެއްގެ ގޮތުގައެވެ. މާނައަކީ އިސްލާމް ދީނުގެ ކަންކަން މަދީނާއިންވެސް ނުފެންނާނެ ކަމެވެ. 

މީސްތަކުންނޭވެ. މިކަންކަމަށް މިއަދުގެ މީހުން ވިސްނަން ޖެހޭނެއެވެ. ދުނިޔޭގައި އުޅެންޖެހިފައިވާ މި ޒަމާނުގައި ކަންކަން ހިނގަމުން މިދާ ގޮތާއިމެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭނެއެވެ. އާޚިރަތް ދުވަހު ޖަވާބުދާރީވާންޖެހޭނެކަން ޔަޤީންކޮށް ތިމާގެ އަމަލުތައް ހުރިހާ ގޮތަކުންވެސް އިޞްލާޙްކުރަން މަސައްކަތް ކުރަންވާނެއެވެ. ތިމާގެ ކިބައިން އިސްލާމް ދީނަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ގަދައަޅައި މަސައްކަތް ކުރަން ޖެހޭނީ އިސްލާމް ދީނަށްޓަކައި ތިމާއަށް ދެވެން އޮތް އެންމެ ބޮޑު ނަޞްރެއް ދިނުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް