އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަޖިސް ފެނުން ފެންވަރަން ޖެހުމަކީ ޖަޒީރާވަންތަ ރާއްޖެއެއްގަ ޤަބޫލުކުރެވޭނެ ކަމެއް ނޫން - މައްސަލަ ޙައްލުކުރާނަން!: ޑރ. ޙުސައިން

ނަޖިސް ފެނުން ފެންވަރަން ޖެހުމަކީ ޖަޒީރާވަންތަ ރާއްޖެއެއްގަ ޤަބޫލުކުރެވޭނެ ކަމެއް ނޫން - މައްސަލަ ޙައްލުކުރާނަން!: ޑރ. ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ރައްޔިތުންނަށް ނަޖިސް ފެނުން ފެންވަރަން ޖެހުމަކީ ޖަޒީރާވަންތަ ރާއްޖެއެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ބޮޑު މައްސަލަ ޙައްލުކުރައްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޙުސައިން މިރޭ ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް މިހާރުވެސް ކުރިމަތިވެފައިވާ މައްސަލަތަކާއި ކުރިމަތިވާނެ މައްސަލަތައް ވެސް ވަރަށް ރަނގަޅަށް އެހެން ޤައުމުތަކަށް އެނގޭ ކަމަށެވެ. އެހެންކަމުން މައްސަލަތައް ހައްލުކުރާނެ ފައިސާ ހޯއްދެވޭނެ ކަމަށެވެ. "މިސަރުކާރުން އެކަން ކުރާނީ ބޮޑެތި އިންޓްރެސްޓްގަ ބޮޑެތި ލޯނުތައް ނަގައިގެނެއް ނޫން. އެހީ ހޯދައިގެން." 

ޑރ. ޙުސައިން ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނައިރު ރަށްތަކަށް އަޅުގަނޑުމެން ރައްޔިތުންނާއި ސަރުކާރުން ދެމުން ގެންދާ ގެއްލުންތައް ދިނުންވެސް ހުއްޓާލަން ޖެހޭ ކަމަށެވެ. 

އެގޮތުން ރައީސް ޔާމީނުގެ ވެރިަކމުގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް އެރަށުގެ ޤްދްރަތީ މުސަނދިކަމުން ބޮޑުބައެއް ޤްރްބާންކުރުން ޑރ. ޙުސައިން ވަނީ ކުށްވެރި ކުރައްވައިފައެވެ. 

ޑރ. ޙުސައިން ވިދާޅުވީ ރައީސް ޔާމީނު ކިތަންމެ ބޮޑަށް ބޭނުންފުޅުވެ ކިތަންމެ ބާރަށް ވިދާޅުވި ނަމަވެސް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް، އެކަމަކުން ރަށުގެ ތިމާވެށްޓަށް އެހައި ބޮޑު ގެއްލުމެއް ލިބޭނެކަމެއް ކުރައްވައިގެން ނުވާނެ ކަމަށެވެ. "އެކަމަކީ ތިމާވެށްޓަށް ގެއްލުންވާނެ ކަމެއްކަން ތިމާއަށް ޤަބޫލު ކުރެވޭނަމަ އެކަން ކުރުމުގެ ބަދަލުގައި އިސްތިއުފާ ދޭންވީ ނޫންތޯ؟" ޑރ. ޙުސައިން ވަނީ ސުވާލުކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް