އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޤްވާވެރިކަމާ ޢިލްމު ނެތް މީހުންނާ މަސްއޫލިއްޔަތު ޙަވާލުކުރުމަކީ އެބައަކު އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓެން ކުރާކަމެއް: ބިލާލް އައްސަދު

ތަޤްވާވެރިކަމާ ޢިލްމު ނެތް މީހުންނާ މަސްއޫލިއްޔަތު ޙަވާލުކުރުމަކީ އެބައަކު އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓެން ކުރާކަމެއް: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ތަޤްވާވެރިކަމާއި ޢިލްމު ނެތް މީހުންނާއި މަސްއޫލިއްޔަތު ޙަވާލުކުރުމަކީ ފަހު ޒަމާނުގެ އަލާމާތެކެވެ. އެ ޢަލާމާތް މިހާރުވެސް ވަނީ ފެންނަން ފަށައިފައެވެ. ތަޤްވާވެރި، ޢިލްމުވެރިންނަށް ގޮތް ކިޔައިދީ އަމުރުކުރުމުގެ މަސްއޫލިއްޔަތު މިއަދު މިދަނީ ޖާހިލުންނާއި ހަވާލުކުރަމުންނެވެ. 

އެކަމުގެ ނަތީޖާއަކަށްވަނީ މުޅި މުޖުތަމައު ހަލާކާއި ފަސާދައިގެ ތެރެއަށް ވެއްޓިގެން ދިއުމެވެ. އެހެންކަމުން އެއީ އެބައަކު އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓެން ކުރާކަމެކެވެ. އެފަދަ މުޖުތަމައުތައް ފަސާދަވެ މަގުފުރެދިގެންދާތަން މިއަދު މިދަނީ ފެންނަމުންނެވެ. 

އެއްވެސް ޝައްކެއް ނެތެވެ. އެންމެ މަތިވެރިވެގެންވާ ޢިލްމަކީ އިސްލާމް ދީނުގެ ޢިލްމެވެ. ވިސްނަން ޖެހޭނެ ކަމަކީ އިސްލާމް ދީނުގެ ޢިލްމު ކިތަންމެ މަތިވެރި ނަމަވެސް އިސްލާމް ދީނުގެ ޢިލްމާއިއެކު އެހެނިހެން ޢިލްމާއި ކަންކަމުގެ ތަޖުރިބާ ވެސް ބޭނުންވާ ކަމެވެ. 

އިސްލާމީ މުޖުތަމައުއެއްގައި މުޖުތަމައުގެ ކަންކަން ކުރިއެރުވުމުގެ ޒިންމާ މީހެއްގެ ކިބައިގައި އަޅުވާނަމަ ނުވަތަ އެފަދަ މަސްއޫލިއްޔަތެއް ޙަވާލުކުރާނަމަ އެމީހަކީ އިސްލާމް ދީނުގެ އަސާސްތައް ރަނގަޅަށް އެނގޭ މީހަކަށް ވާންޖެހޭނެއެވެ. ހަމައެއާއިއެކު ފުރިހަމައަށް އިސްލާމް ދީނަށް އަމަލުކުރާ މީހަކަށްވެސް ވާންޖެހޭނެއެވެ.

މިކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން މުސްލިމް ޤައުމުތައް މިއަދު މިދަނީ ބޮޑެތި މައްސަލަތަކުން ފުރެމުންނެވެ. ނެތި ހަލާކުވަމުންނެވެ. މިއީ މިއަދު މުސްލިމް މުޖުތަމައުތަކުން އެންމެ ބޮޑަށް ވިސްނަން ޖެހިފައިވާ އެއް މައްސަލަ ނަމަވެސް ވިސްނައި ކަންކަން އިޞްލާޙްކުރުމުގެ ބަދަލުގައި ފެންނަމުން މިދަނީ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުންދާ ތަނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް