އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައިސްޕީޑް އިންޓަނެޓް އަދި ދިރާގު ޓީވީގެ ޚިދުމަތް މީދޫގައި ތަޢާރަފް ކޮށްފި

ހައިސްޕީޑް އިންޓަނެޓް އަދި ދިރާގު ޓީވީގެ ޚިދުމަތް މީދޫގައި ތަޢާރަފް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

ދިރާގު ޓީވީގެ ހިދުމަތާއި ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ރ. މީދޫގައި ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ.

 

މި ދެހިދުމަތް ތައާރަފްކުރުމުގެ ގޮތުން ރ. މީދޫގައި ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއްވެސް ބާއްވާފައެވެ.  އެގޮތުން ކުޑަކުދިންގެ ހަވީރަކާއި ބޮޑުބެރުގެ ހަރަކާތްތަކެއް މިހަފުލާގައި ހިމެނިގެންދިޔައެވެ.

 

       

 

ދިރާގުން ދަނީ ވަރަށް ބާރު މިނުގައި ފައިބަރ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް މިހާރު ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 50 އަށް ވުރެ ގިނަ ރަށްތަކަށެވެ.

 

މީގެއިތުރުން ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

 

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. މިހާރު މިޚިދުމަތް މީދޫގެ ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނަށް ފުރިހަމަޔަށް ލިބެމުންދާނެއެވެ.

 

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. މީދޫގައި ގާއިމު ކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ