އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގައި މާބަނޑު ގެރިއެއް ރޭޕް ކޮށްފި

އިންޑިއާގައި މާބަނޑު ގެރިއެއް ރޭޕް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އިންޑިއާގެ އަވަށެއް ކަމަށްވާ އަންދްރަ ޕްރަދޭޝް ގައި، މާބަނޑު ގެރިއެއް ރޭޕް ކޮށްފިކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ. 

"އިންޑިއާ ޓުޑޭ" ގައި ބުނެފައިވާ ގޮތުގައި، ގެރިއަށް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ ކާކު ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މިކަން ހިނގާފައިވަނީ އުތުރު ގޯދާވަރީ ޑިސްޓްރިކްޓްގެ ޕިތަޕޫރަމް މަންޑަލްގެ ގޯކީވާޑާ އަވަށުގައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. 

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެގެރިއަކީ ތިން މަހަށްދާ މާބަނޑު ގެރިއެކެވެ. ދަނޑުވެރިއެއް ގެންގުޅޭ މިގެރި މިދިޔަ އާދީއްތަ ދުވަހު ގެއްލިފައިވާ ކަމަށާއި ފަހުން އެގެރި ފެނުނީ ގަހެއްގައި އައްސާފައި އިންދާ ކަމަށާއި އެއިރު ގެރިން ބައިވަރި ލޭ ފައިބަމުން ދިޔަ ކަމަށް ވެސް ލިޔެފައިވެއެވެ. 

ގެރިއަށް ވެފައިހުރި ގޮތެއް ނޭނގިގެން، ވެޓަކަށް ދެއްކުމުން، އެއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ވެޓު ބުނެފައިވެއެވެ.

ގެރިއަށް ކުރި ގޯނާ ބަލައިދިނުމަށް ދަނޑުވެރިޔާ ވަނީ ފުލުހުންގެ އިދާރާގައި މައްސަލަ ޖައްސާފައި ކަމަށް ވެސް އެރިޕޯޓުގައިވެއެވެ. މިހާދިސާގެ ސަބަބުން އެއަވަށުގައި ދިރިއުޅޭ މީހުންވަނީ ނުރުހުން ފާޅުކޮށް، މިކަން ރަނގަޅަށް ބަލައިދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ