އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޕީއެންސީ އަށް 3000 މެމްބަރުން ހަމަވެއްޖެ!

ރައީސް ޔާމީންގެ ޕީއެންސީ އަށް 3000 މެމްބަރުން ހަމަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ހުއްދަ ލިބުނުތާ ކޫޑައިރުކޮޅެއް ތެރޭގައި މިއަދު އެޕާޓީއަށް 3000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފި ކަމަށް އެޕާޓީން ރޭގައި ބުނެފިއެވެ. 

ޕީއެންސީ އުފެއްދުމަށް ހުށަހަޅާ، އެޕާޓީ އުފެއްދުމުގެ ހުއްދަ އިއްޔެ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އަށެވެ. 

އަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީއެންސީ އުފައްދަން ހުއްދަ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، 3000 އަށްވުރެ ގިނަ މީހުން އެޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދަކީ ވެސް 3000 އެވެ. 

ހުއްދަ ދީފައިވާ ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ރެޖިސްޓްރީ ކޮށްދެނީ، އެޕާޓީއަކަށް ސޮއި ކޮށްފައިވާ 3000 މީހުންގެ ފޯމާއެކު ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ފަހުގައެވެ. 

އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޕީޕީއެމްގެ ލީޑަރޝިޕާއި ގުޅޭ މައްސަލައެއް މިވަގުތު ސުޕްރީމް ކޯޓުގައި އޮތުމުން ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ