އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގެ މަގުތަކުގައި ހުއްދަނެތި ހެދިކާ ވިއްކަނީ - އެޗްޑީސީ ހަނު؟

ހުޅުމާލޭގެ މަގުތަކުގައި ހުއްދަނެތި ހެދިކާ ވިއްކަނީ - އެޗްޑީސީ ހަނު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ހުޅުމާލޭ (ޔޫތުސިޓީ)ގެ އެކި ސަރަހައްދުތަކުގައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނުނަގައި، މޭޒު ބަހައްޓައިގެން ހެދިކާ ވިއްކަމުންދާ މައްސަލަ ބޮޑުވެފައި ވީ ނަމަވެސް، އެޗްޑީސީން އަޅާނުލާތީ، ހުއްދަ ހޯދައިގެން އެ މަސައްކަތް ކުރާ ފަރާތްތަކުން ޝަކުވާކުރަން ފަށައިފިއެވެ. 

ހުޅުމާލޭގައި ހެދިކާ ވިއްކުމަށް ދޭ ހުއްދައިގެ ދަށުން އެޗްޑީސީން ދޫކޮށްފައިވާ މޭޒުތަކަށް ޒިޔާރަތްކޮށް މިއަދުނޫހުގެ ނޫސްވެރިންސުވާލުކުރުމުން، އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށް ވީ، ހުއްދަ ނުނަގައި އަމިއްލައަށް މޭޒު ބަހައްޓައިގެން ހެދިކާ ވިއްކާ ފަރާތްތަކުގެ ސަބަބުން އެފަރާތްތަކުގެ ވިޔަފާރީ ދަށަށްދާ މައްސަލައެވެ.

ހުޅުމާލޭގައި ޕާކުތަކުގެ އިތުރުން، ފްލެޓްތައް ކައިރީ ހެދިކާ ވިއްކުމަށް އެޗްޑީސީން ހާއްސަ ހުއްދައަކާއެކު، އެކަމަށް ހާއްސަ މޭޒެއްވެސް ދަނީ ދޫކުރަމުންނެވެ. މި މޭޒުގެ ފީއަކަށް އެ ކުންފުނިން ނަގަނީ އަހަރަކަށް އެއްމެ 150 ރުފިޔާ ކަމަށް، ހެދިކާ ވިއްކާ ފަރާތަކުން މައުލޫމާތުދެއެވެ. 

"ހުއްދަ ނަގައިގެން ވިއްކާ ނަމަ މަސައްލައެއް ނުޖައްސާނަން އަޅުގަނޑުމެން ވެސް، އެގޮތަށް ކަންތަށް ކުރީމަ ހުއްދަ ނަގައިގެން މިކަން ކުރާ މީހުންނަށް ވަރަށް ގެއްލުން" އަޅުގަނޑުމެން ޒިޔާރަތް ކުރި މޭޒެއް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަކުން ބުންޏެވެ. މީގެ އިތުރުން، އެހެން ފަރާތަކުން ބުނީ، "އެޗްޑީސީއަށް ނުބެލޭތީ ކަންނޭނގެ ހުއްދަ ނުނަގައި އެކަން އެގޮތަށް ކުރަނީ" މިހެންނެވެ. 

ހުޅުމާލޭގެ އެކި ހިސާބުތަކުގައި ހެދިކާ ވިއްކަމުން ދިޔުމަކީ ގިނަ ބަޔަކު ދެެކޭ ގޮތުގައި، ވަރަށް ބޮޑު ފަސޭހައެކެވެ. ހަވީރު ސަޔަށް ކައިރި ހިސާބަކުން ހެދިކާކޮޅެއް ގަނެލަން ލިބޭތީ ގިނަ ބަޔަކު ތިބީ ވަރަށް އުފަލުންނެވެ.

ނަމަވެސް، ހުއްދަނެތި އުސޫލުތަކުގެ ބޭރުން މިކަން ކުރަން އެއްވެސް ބަޔަކު ތަރުހީބު ނުދެއެވެ. އަދި ހަނު ނުތިބެ، ގަވައިދާ ހިލާފަށް މިކަން ކުރަމުންދާ މީހުންނަށް އެކަން އެގޮތައް ނުކުރުމަށް އެޗްޑީސީއަށް އެންގެން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި ތަކުރާރު ވާނަމަ ފިޔަވަޅު އަޅައި ދިނުމަށް ވެސް އެ ފަރާތްތަކުން ވަނީ އެޗްޑީސީއަށް ގޮވާލާފައެވެ.

- ޒިދާން މުހައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު