އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2020 ގައި ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނުގައި ރާއްޖެ ލައްވާލީ ގްރޫޕް ޑީގައި

2020 ގައި ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނުގައި ރާއްޖެ ލައްވާލީ ގްރޫޕް ޑީގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

2020 ވަނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނުގައި ރާއްޖެ ގްރޫޕް ޑީގައި ލައްވާލައިފިއެވެ.

މިއަހަރުގެ މާރޗު މަހު ފަށާ މި މުބާރާތުގެ ގްރޫޕް ޑީގައި ދެން ހިމެނެނީ ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް އަދި ލުބްނާންއެވެ. ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މާރޗު މަހުގެ 22 ވަނަ ދުވަހު ސަޢުދީ ޢަރަބިޔާ އާއިދެކޮޅަށް ނުކުންނަ އިރު، އޭގެ ދެދުވަސް ފަހުން ރާއްޖެ ނުކުންނާނީ އެކުވެރި ޢަރަބި ޢިމާރާތާއި ދެކޮޅަށެވެ. އަދި 26 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ލުބްނާނާ ދެކޮޅަށެވެ.

ތައިލެންޑުގައި ބާއްވާ 23 އަހަރުން ދަށުގެ އޭފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނުގައި އޭއެފްސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން މިއަހަރު ވާދަނުކުރަނީ ބޫޓާން އެކަންޏެވެ. އެހެންކަމުން 47 ޤައުމުގެ ތެރެއިން 44 ޤައުމެއް ވާދަކުރެއެވެ. 

މުބާރާތް ބާއްވާ ޤައުމުގެ ހައިޘިއްޔަތުން ތައިލެންޑަށް މުބާރާތުން ޖާގަ ލިބިފައިވިޔަސް އެޤައުމުން ވަނީ ކޮލިފިކޭޝަނުގައި ވާދަކުރަން ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް