އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ޖަލަށް ގެންދިޔައީ އިތުރަށް ގޭގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވާފައި ނުވާތީ!

އަދީބު ޖަލަށް ގެންދިޔައީ އިތުރަށް ގޭގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވާފައި ނުވާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު

ސިއްހީ ސަބަބުތަކަށްޓަކައި ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހުމަދު އަދީބު ޖަލުގައި ނުބަހައްޓާ ގޭބަންދަށް ބަދަލުކުރުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ ގޭގައި ބަހައްޓަން ޑޮކްޓަރު އިތުރަށް ލަފާދެއްވާފައި ނުވާތީކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އަދީބު ޖަލަށް ގެންދިޔުމާ ގުޅޭ ގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. 

ޖަލަށް ގެންދިޔަނަމަވެސް އަދީބަށް ލިބެންޖެހޭ ބޭސްފަރުވާގެ ކަންކަން ބަލަހައްޓާނެކަމަށް ވެސް ހޯމްމިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވިއެވެ. "ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިމްރާން ވިދާޅުވީ، އަދީބު ދެމަހަށް "ހޯމްލީ އެންވަޔަރްމަންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގައި ކަމަށާއި، މިދިޔަ ޑިސެމްބަރުމަހުގެ 24 ވަނަދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާދެއްވާފައި ނުވާ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން މިއަދުނޫހަށް މައުލޫމާތު ދިން ގޮތުގައި، އަދީބު ބަހައްޓާފައި ހުންނަނީ އެކަށީގެންވާ ތަނެއްގައެވެ. އަދި އަދީބުގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް ވެސް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު