އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތޮޅުތައް ފަދައިން މާލެއަށް ވެސް ބޭނުންވާ ކަންތައްތަކެއް އެބަހުރި: ސަރަނގު އާދަމް މަނިކު

އަތޮޅުތައް ފަދައިން މާލެއަށް ވެސް ބޭނުންވާ ކަންތައްތަކެއް އެބަހުރި: ސަރަނގު އާދަމް މަނިކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

މަޖިލިސް އިންތިޚާބަށް ރާއްޖެތެރޭގެ ދާއިރާތަކުން ކުރިމަތިލާ ކެންޑިޑޭޓުން ވައުދުތައްވަމުން އަންނައިރު މާލެ ސިޓީއަށްވެސް ބޭނުންވާ ކަންތައްތަކެއް އެބަހުރިކަން މާލެ ސިޓީގެ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ވެސް ފާހަގަކުރަންޖެހޭ ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.   

އާދަމް މަނިކު ވިދާޅުވީ އަތޮޅުތަކުން ކުރިމަތިލާ ކެންޑިޑޭޓުން ދާއިރާގެ ތަރައްޤީ އާއި ގުޅޭ ވައުދުވެ ހޮވުމުން ސަރުކާރަށް ޕްރެޝަރު ބޮޑުވާ ކަމަށެވެ. އަދި މާލެ ވެސް މިކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. 

އެގޮތުން މާލޭގެ ކޮންމެ އަވަށަކަށް އެއާޕޯޓެއް ބޭނުން ނުވި ނަމަވެސް އަލިފާން ނިއްވާނެ ނިޒާމާއި މާލޭ ފްލެޓްތަކަށް އިސްކަން ދޭންޖެހޭ ކަމަށާއި ޚާއްޞަ، އިތުރު ހެލްތް ސެންޓަރު ބޭނުންވާ ކަމަށާއި މަގުމަތީ އަމާންކަން ކަށަވަރުކުރަން ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން އާދަމް މަނިކު ވަނީ ފާހަގަކުރައްވައިފައެވެ.  

"އަތޮޅުތަކުން ކުރިމަތިލާ ކެންޑިޑޭޓުން ދާއިރާގެ ތަރައްޤީ އާއި ގުޅޭ ވައުދުވެ ހޮވުމުން ސަރުކާރަށް ޕްރެޝަރު. މާލެ ވެސް މިކަމަށް ސަމާލުވާން ޖެހޭ. އަވަށަކަށް އެއާޕޯޓެއް ނޫނަސް، އަލިފާން ނިއްވާނެ ނިޒާމެއް. މާލޭ ފްލެޓްތަކަށް އިސްކަން، ޚާއްޞަ ހެލްތް ސެންޓަރު، މަގުމަތީ އަމާންކަން ފާހަގަވޭ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް