އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޤްދީރުގެ ނިޔާ ނިކަން ބައްލަވާ! ޢާޒިމާއަށް ދެން ރައީސް ޔާމީނުގެ ވަކީލުކަމެއް ނުކުރެވޭނެ: އާދަމް ޢާޒިމް

ތަޤްދީރުގެ ނިޔާ ނިކަން ބައްލަވާ! ޢާޒިމާއަށް ދެން ރައީސް ޔާމީނުގެ ވަކީލުކަމެއް ނުކުރެވޭނެ: އާދަމް ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ މައްސަލައިގައި ޤާނޫނީ ވަކީލުކަން ކުރި ޢައިޝަތު ޢާޒިމާ ޝުކޫރު، ނާޒިމްގެ މައްސަލަ ދޫކޮށްލީ ރައީސް ޔާމީނާއި ގުޅިގެން ކާނަލް ނާޒިމަށް އިތުރު ލަނޑެއް ދިނުމަށް ކަމަށާއި ތަޤްދީރުގެ ނިޔާ މިންވަރުކުރެއްވެވި ގޮތުން ޢާޒިމާއަށް މިއަދު އެހުރީ ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުކަން ނުކުރެވިފައި ކަމަށް ކާނަލް ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޢާޒިމް ވިދާޅުވީ ކަންކަމާއިމެދު ވިސްނާ ބައަކަށް މިހިރީ ހައްތާވެސް އިބްރަތްތެރި ފިލާވަޅުތައް ކަމަށެވެ. 

ރައީސް ޔާމީނުގެ މައްޗަށް ފުލުހުން ބަލަމުން ގެންދާ މަނީ ލޯންޑްރިންގ މައްސަލައިގައި ފުލުހުން މިހާރު ގެންދަނީ ރައީސް ޔާމީނާއި ސުވާލުކުރަމުންނެވެ. އެހެންކަމުން ހަމަ އެ މައްސަލައިގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ފުރުޞަތު މިހާރު ވަނީ ޢާޒިމާއަށް ގެއްލިފައެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުންނާނީ 20 ވަރަކަށް މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ ރައީސް ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒްކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ބަހާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓުގައި ހުންނާނީ ޖާއިޒު ފައިސާ ކަމަށެވެ.

"ކާނަލް މުޙައްމަދު ނާޒިމްގެ ލޯޔަރުކަން ރައީސް ޔާމީނާއި ގުޅިގެން ޢާޒިމާ ދޫކޮށްލީ ކާނަލް ނާޒިމަށް އިތުރު ލަނޑެއް ދޭން. މިއަދު ތަޤްދީރުގެ ނިޔާ ނިކަން ބައްލަވާ! ރައީސް ޔާމީނުގެ މައްސަލައިގަ ލޯޔަރުކަން ޢާޒިމާއަށް ނުކުރެވިފަ! ވިސްނާ ބައަކަށް މީ ހުސް ފިލާވަޅު!"

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް