އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯކް ވިސާ ދެއްކުމަށް ހަދާ ކިއޫގައި މީހުން ބޭތިއްބުމަށް ދުވާލެއްގެ މައްޗަށް ދިހަ ހާސް ރުފިޔާ ހަރަދު ކުރަން ޖެހޭ: މަލީޙް

ވޯކް ވިސާ ދެއްކުމަށް ހަދާ ކިއޫގައި މީހުން ބޭތިއްބުމަށް ދުވާލެއްގެ މައްޗަށް ދިހަ ހާސް ރުފިޔާ ހަރަދު ކުރަން ޖެހޭ: މަލީޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ވޯކް ވިސާ ދެއްކުމަށް މީރާގައި ހަދާ ކިއޫގައި މީހުން ބޭތިއްބުމަށް ދުވާލެއްގެ މައްޗަށް ދިހަ ހާސް ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށް ކޮމިނިކޭޝަން އެންޑް ސައިންސް މިނިސްޓްރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ. 

މަލީހް މިއަދު ވިދާޅުވީ މީރާއަށް ހަމައެކަނި ވޯކް ވިސާ ދެއްކުމަށްޓަކައި 150 މީހުންނާއި 200 ވަރަކަށް މީހުން ކިއޫގައި އެބަޖެހޭ. އެހެންކަމަށް ވަންޔާ އަޅުގަނޑުމެން މި ކިޔަނީ ދުވާލެއްގެ މައްޗަށް ކުންފުނިތަކުން މި ކިއޫގައި މަޑުކުރާ މަޑުކުރުމަށް 10 ހާސް ރުފިޔާއާއި ގާތަށް ހަރަދު ކުރަން ޖެހޭކަމަށެވެ.

މީގެއިތުރުން މަލީހް ވިދާޅުވީ ރާއްޖޭގައި ވިޔަފާރިތަކަށް އޮންނަ އެންމެ ބޮޑު ދައްޗަކީ ސަރުކާރުން ހިދުމަތް ހޯދުމުގައި އެތައް އިރަކު ކިއޫގައި ޖެހިގެން ތިބުން ކަމަށެވެ.

ކިއޫގައި ނުޖެހި ވޯކް ވިސާ އޮންލައިންކޮށް ދެއްކޭނެ ނިޒާމެއް މިއަދުވަނީ އިފްތިތާހްކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު