އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެގެން ތިބި މާލޭ ރައްޔިތުންނަށް އިސްކަން ނުދީ އެހެން ބައަކަށް އިސްކަން ދީގެން ނުވާނެ: ޢަލީ ޢާޒިމް

ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެގެން ތިބި މާލޭ ރައްޔިތުންނަށް އިސްކަން ނުދީ އެހެން ބައަކަށް އިސްކަން ދީގެން ނުވާނެ: ޢަލީ ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެގެން ތިބި މާލޭ ރައްޔިތުންނަށް އިސްކަން ނުދީ އެހެން ބައަކަށް އިސްކަން ދީގެން ނުވާނެ ކަމަށް މެދުހެންވޭރުދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. 

ޢަލީ ޢާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބަލާއިރު ޢާއިލާގެ އެންމެން ކޮޓަރިއެއްގައި ދިރިއުޅެން ޖެހިފައިވާ އެތައް ޢާއިލާތަކެއް އެބަތިބި ކަމަށެވެ. އެހެންކަމުން މާލެއިން ނަމަވެސް އަދި ހުޅުމާލެ އިން ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ފުރަތަމަ އިސްކަން ދޭން ޖެހޭނީ އެހާލުގައި ތިބި މާލޭގެ ރައްޔިތުންނަށް ކަމަށެވެ.

ޢާޒިމް ވިދާޅުވީ ކޮންމެ ރަށަކުންވެސް ގޯތި ދިނުމުގައި އެރަށެއްގެ ރައްޔިތުންނަށް އިސްކަން ދޭ ކަމަށެވެ. އެހެންކަމުން މާލޭގައިވެސް އެ އުޞޫލު ދެމެހެއްޓުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. "އަޅުގަނޑު މިދަންނަވަނީ މާލޭ ރައްޔިތުންނަށް އެކަނި ފްލެޓް ދޭ ވާހަކައެއް ނޫން. ދަފްތަރާއި ގޭގޭގެ ރަޖިސްޓްރީގައި ޖެހިގެން ތިބި މީހުންނަށްވެސް ހަމަ ދޭންވީ. ނަމަވެސް އިސްކަން ދޭން ޖެހޭނީ މާލޭގެ ރައްޔިތުންގެ ތެރެއިން އެންމެ ދަތިހާލުގައި ތިބި ރައްޔިތުންނަށް ކަމަށް މިދަންނަވަނީ." ޢާޒިމް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް