އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ޒުހުރީ ފަޔަރ އެންޑް ރެސްކިޔޫ ކޮމާންޑަރުކަމުން ރައީސްގެ ސެކިޔުރިޓީ ޔުނިޓުގެ ކޮމާންޑަރުކަމަށް ބަދަލުކޮށްފި

ކާނަލް ޒުހުރީ ފަޔަރ އެންޑް ރެސްކިޔޫ ކޮމާންޑަރުކަމުން ރައީސްގެ ސެކިޔުރިޓީ ޔުނިޓުގެ ކޮމާންޑަރުކަމަށް ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔޫ ކޮމާންޑަރަކަށް ހުންނެވި ކާނަލް ޢަބްދުﷲ ޒުހުރީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ޔުނިޓުގެ ކޮމާންޑަރުކަމަށް ބަދަލުކޮށްފިއެވެ.  

ޕްރެސިޑެންޝަލް ގާޑުގެ ކޮމާންޑިން އޮފިސަރ ކަމުގެ މަގާމުގައި ކުރިން ހުންނެވި ކާނަލް އިބްރާހިމް ރަޝީދު މިއަދު ވަނީ އެމްއެންޑީއެފަ ސަދަން އޭރިއާގެ ކޮމާންޑަރ ކަމުގެ މަގާމަށް ހަމަޖައްސައިފައެވެ. އަދި ސަދަން އޭރިއާގެ ކޮމާންޑިން އޮފިސަރ ކަމުގެ މަގާމުގައި ކުރިން ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މިހާރު ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކަމަށް ބަދަލު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު