އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

15 އަހަރުން ދަށުގެ %65 ރުހުމުގަ ޒިނޭކުރާއިރު ފަޅާއެރުމުން އިސްލާމީ ޝަރީއަތަށް ހުކުމް ކުރުމުން ގޯސްކުރަންވީ އިސްލާމް ދީނެއް ނޫން!: ޝައިޚް ޢަލީ ޒައިދު

15 އަހަރުން ދަށުގެ %65 ރުހުމުގަ ޒިނޭކުރާއިރު ފަޅާއެރުމުން އިސްލާމީ ޝަރީއަތަށް ހުކުމް ކުރުމުން ގޯސްކުރަންވީ އިސްލާމް ދީނެއް ނޫން!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ކޮށްފައިވާ ދިރާސާތަކުން މިއެނގެނީ ކުޑަ ކުދިންވެސް ޒިނޭކުރުން އިންތިހާއަށް ގިނަވެފައިވާކަން ކަމަށްވާއިރު ފަޅާއެރުމުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް ކުރުމުން ގޯސްކުރަންވީ އިސްލާމް ދީން ނޫންކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވަނީ މީގެ 5 އަހަރުކުރިން 2013 ވަނަ އަހަރު ޔޫއެންޑީޕީން ކުރި ދިރާސާއެއްގައި ބައިވެރިކުރި ކުދިންގެ ތެރެއިން 15 އަހަރާއި 17 އަހަރާއި ދެމެދުގެ 85 އިންސައްތަ ކުދިން ރުހުމުގައި ޒިނޭކުރާކަމާއި 15 އަހަރުން ދަށުގެ އެ ނިޞްބަތް 65 އިންސައްތައިގައި އުޅޭކަން ހާމަވެފައިވާތީއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ސުބްޙާނަﷲ! ދެން ވިސްނަވާ މިކަން (ޒިނޭކުރުން) ރާއްޖޭގަ ފެތުރިފައިވާ މިންވަރު! އެހެން ނޫންތޯ ވާނީ! ބައެއް މީހުން އުޅެނީ މިކަން ނުފެތުރިގެން ވިއްޔަ!

މާވެސްޓަރން ހެދިގެން! ދެން ނަހަލާލަށް ބަނޑުބޮޑުވެ ފަޅާ އަރައި ކޯޓަކުން އިސްލާމީ ޝަރީއަތުގައި އޮތް ޙުކުމެއް އައިމަ ގޮސްވަނީ/ ގޯސް ކުރަނީ އިސްލާމް ދީން! މިއީ މިކަން ހިނގާ އުޞޫލް!" ކަމަށެވެ.

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅު ހަވާލާ ދެއްވާދައިވަނީ މިހާރުނޫހުގައި ޝާއިއުކޮށްފައިވާ މިބަސްކޮޅަށެވެ.

ހިތާމައަކީ މިހައި ބޮޑަށް ފެތުރި ޢާންމުވެފައިވާ މިބޮޑު ވަބާ އާއި ގުޅިގެން ޕީޖީން ކުރާ ދައުވާތައްވެސް ނަމެއްގައި ކުރަމުން ގެންދިއުމެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ބިރެއް ނެތްތަނުގައި މުޖުތަމައުގައި ޢާންމުވެފައިވާ މިފަދަ ނުބައި އާދަތައް ހުއްޓުވުމާއިމެދު ޕިޖީގެ ފިކުރުވެސް ނެތްކަމެވެ.

ޒިނޭގެ ކުށް ސާބިތުވި މުޙްސަން އަންހެނަކު އިސްލާމީ ޝަރީއަތުގަވާ ފަދައިން ރަޖަމް ކުރަން އިއްޔެ ޅ. ނައިފަރު ކޯޓުން ކުރި ޙުކުމް ސްޕްރީމް ކޯޓުން މިއަދު ބާޠިލްކުރުމުން ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

ސްޕްރީމް ކޯޓުން ބުނެފައިވަނީ ޙުކުމް ބާޠިލުކުރީ ޕީޖީން ދައުވާކުރި މާއްދާ ނޫން މާއްދާއެއްގެ ދަށުން ޙުކުމްކޮށްފައިވާތީ ކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
22%
އޯކޭ
44%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް