އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުންގެ އިރުޝާދާއި ޚިލާފަށް- އެޗްއާރްސީއެމް

އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުންގެ އިރުޝާދާއި ޚިލާފަށް- އެޗްއާރްސީއެމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ގޭބަންދުން ޖަލު ބަންދަށް ބަދަލު ކޮށްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާއި ޚިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

 

އަދީބުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އެޗްއާރުސީއެމް އިން ނެރެފައިވާ ބަޔާނެއްގައި ވަނީ، އަދީބުގެ ސިއްހީ ހާލަތާއި ގުޅިގެން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކުރެވޭ ކަންކަން ބަޔާންކޮށްފަ އެވެ.

 

އެގޮތުން އައިޖީއެމްއެޗްގެ ޙާއްސަ ޑޮކްޓަރަކު އަދީބު ހޯމްލީ އެންވައިރޮމެންޓެއްގައި ދެ މަސްދުވަހު ބެހެއްޓުމަށް ލަފާދީފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ލަފަޔާއި އެއްގޮތަށް ކަރެކްޝަންސްއިން އަމަލުކޮށްފައި ނުވާކަން އެކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

 

އެމައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެއްލެވި ޑޮކްޓަރުންނާއި، އައިޖީއެމްއެޗް އާއި، ކަރެކްޝަންސް ސާވިސަސްއިން އެކޮމިޝަނަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ހުކުމް ތަންފީޒު ކުރާމީހުން އަމަލު ކުރަންޖެހޭ މެޑިކަލް ގަވައިދުގައި، ޑޮކްޓަރަކު ދީފައިވާ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ