އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނާއިބު ރައީސް ހުރަވީ ސްކޫލަށް ޒިޔާރަތްކުރައްވައިފި!

ނާއިބު ރައީސް ހުރަވީ ސްކޫލަށް ޒިޔާރަތްކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ލިޔުނީ: ޒިދާން މުޙައްމަދު 

ހުޅުމާލޭގައި އަލަށް އިމާރާތް ކުރަމުންދާ ސަރުކާރުގެ ސްކޫލެއް ކަމަށްވާ، ހުރަވީ ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ނައިބު ފައިޞަލް ނަސީމް، އިއްޔެ ޒިޔާރަތްކުރައްވާ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. 

އެމަނިކުފާނު ހުޅުމާލޭ ހުރަވީ ސްކޫލަށް ޒިޔާރަތް ކުރެއްވީ އިއްޔެ މެންދުރުފަހުގެ ވަޤުތެއްގައެވެ. އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވަވައިލުމުގެ އިތުރުން، ނައިބު ރައީސް ވަނީ، އެ ސްކޫލްގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ސްކޫލްގެ މެނޭޖުމަންޓުން ވަނީ ހުރަވީ ސްކޫލާ ބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހިއްސާކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް