އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސާރީ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާބެހޭ ގޮތުން މަޝްވަރާކޮށްފި!

އާސާރީ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާބެހޭ ގޮތުން މަޝްވަރާކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު 

ދިވެހިރާއްޖޭގައި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ފުލުހުންގެ އެކްޓިންގް ކޮމިޝަނަރު މުޙައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްވެރިން ބައިވެރިވެރިވެވަޑައިގަތެވެ. 

އެނގިފައިވާގޮތުން، މި މަޝްވަރާގެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރައްވާފައިވަނީ ފުލުހުންގެ ފަރާތުން ޤައުމީ ދާރުލްއާސާރުގެ އިތުރުން ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ޤައުމީ ދާރުލްއާސާރުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު