އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފިޝަރީޒް މިނިސްޓްރީ އާއި ސައިންސް މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކޮށްފި

ފިޝަރީޒް މިނިސްޓްރީ އާއި ސައިންސް މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މިނިސްޓްރި އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާށާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ސިވިލް ސަރވިސް ކޮމިޝަނުން ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކުރައްވަވައިފިއެވެ.

ޕަރނަންޓް ސެކްރެޓަރީން އައްޔަނުކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ އެމިނިސްޓްރީއެއްގެ ވަޒީރުގެ ހާޟިރުގައެވެ. ޕަރމަނަންޓް ސެކްރެޓަރީން ކޮމިޝަނުގެ ފަރާތުން އައްޔަނުކުރެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ. 

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމަށް އައްޔަނުކުރެވުނީ މ. ޕާރކްލޭން ޑރ. އާމިނަތު ޝާފިޢާ އެވެ. ޝާފިޢާ އަކީ ގާތްގަޑަކަށް 28 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވަވާފައިވާ އަދި ފިޝަރީޒް މިނިސްޓްރީގައި ވެރިންގެ ފެންވަރުގައި 13 އަހަރު މަސައްކަތް ކުރައްވަވާފައިވާ ބޭފުޅެކެވެ. އަދި ޑރ. ޝާފިޢާ އަކީ ޕްލާންޓް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ ޑިގްރީ ހާޟލް ކުރައްވަވާފައިވާ އަދި އެންވާރަމަންޓް ބައިލޮޖީގެ ދާއިރާއިން މާސްޓަރސް ނަންގަވާފައިވުމާއިއެކު އެގްރިކަލްޗަރުގެ ދާއިރާއިން ވެސް މާސްޓަރ އާއި ބެޗެލަރ ޑިގްރީ ހާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ޝައިންސް އެންޑް ޓެކްނޮލޮޖީ އަށް އައްޔަނު ކުރެއްވީ ކޮން ބޭފުޅެއްކަން ހާމަކޮށްފައެއް ނުވެއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު