ޢަލީ ޙުސައިނަކީ އެތައް ދާއިރާއަކުން ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށް ދެއްވި ބޭފުޅެއް: ރައީސް ޞާލިޙް

ޢަލީ ޙުސައިނަކީ އެތައް ދާއިރާއަކުން ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށް ދެއްވި ބޭފުޅެއް: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސްގެ ބާނީ، މ. ވާރޭވިލާ ޢަލީ ޙުސައިން އަކީ އެތައް ދާއިރާއަކުން ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށް ދެއްވި ބޭފުޅެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ޢަލީ ޙުސައިންގެ ޚިދުމަތްތަކަށް ތަޢްރީފް ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ޢަލީ ޙުސައިން އަވަހާރަވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"މ. ވާރޭވިލާ ޢަލީ ޙުސައިން (ނޮވެލްޓީ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގަ ޢާއިލާއަށް ތަޢްޒިޔާ ދަންނަވަން. ޢަލީ ޙުސައިން އަކީ އެތައް ދާއިރާއަކުން ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށް ދެއްވި ބޭފުޅެއް. މަރްޙޫމަށް ރަޙްމަތް ލެއްވެވުމަށް ﷲ ތަޢާލާއަށް ދުޢާ ދަންނަވަން."

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް