އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިސްލާމް ދީނަށް ގޮންޖަހާ، ފުރައްސާރަކުރުން ހުއްޓުވިއްޖެ ނަމަ މިހާރު ދިމާވާ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ!: ޝައިޚް ޢަލީ ޒައިދު

އިސްލާމް ދީނަށް ގޮންޖަހާ، ފުރައްސާރަކުރުން ހުއްޓުވިއްޖެ ނަމަ މިހާރު ދިމާވާ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

"އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތްކޮށް، ޙުކުމްތަކަށް ގޮންޖަހައި، ފާޑުކިޔައި، ފުރައްސާރަކުރާ ކުރުން ހުއްޓުވިއްޖެ ނަމަ މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ފެނޭ. މިއީ އަޅުގަނޑަށް މުޅި މައްސަލަ ތަޞައްވަރުވާ ގޮތް! ފޭކް އައިޑީތައްވެސް ހުއްޓުވަން ޖެހޭ! ވަﷲ އަޢްޡަމް!" މިއީ ޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.  

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ބައެއް މީހުން ބުނަނީ ރާއްޖޭގައި މިހާރު އިތުރު ބާރުތަކެއް ލިބި ފިޔަދިގުވެގެން އުދުހޭ ބައަކު އުޅޭ ކަމަށެވެ. އެމީހުން އެމީހުންގެ މިނިވަންކަމުގައި އުދުހޭހައި ހިނދަކު މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ދޭން ބޭނުން ނުވާ މީހުން ތިބީ އިސްލާމް ދީން ހިމާޔަތްކޮށް މަތިވެރިކުރުމަށްޓަކައި ﷲ ތަޢާލާގެ މަގުގައި ޤްރްބާންވާން ތައްޔާރަށް ކަމަށެވެ.  

2009 ވަނަ އަހަރުވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވިއެވެ. އެފަހަރު ވަނީ 20 ވަރަކަށް މީހުންގެ ޖަމާއަތަކުން ޢާޓިފިޝަލް ބީޗަށް އެއްވެ ދީނީ މިނިވަންކަމަށް ވެސް ގޮވާލައިފައެވެ! މައްސަލަ ބަލާ ވާހަކައެއްވެސް އަޑު އިވުނެވެ! ނަމަވެސް އެޅި އެއްވެސް ފިޔަވަޅެއް އެނގިފައެއް ނުވެއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް