އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ޓީވީއިން މިހާރު އައިސްޓީވީ ޗެނަލް ވެސް ފެންނާނެ!

ދިރާގު ޓީވީއިން މިހާރު އައިސްޓީވީ ޗެނަލް ވެސް ފެންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް މައްޝޫރު އައިސް ޓީވީ ޗެނަލް ތަޢާރަފުކޮށްފިއެވެ.

 

އައިސް ޓީވީ އަކީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަށް ގެނެސްދޭ ދިވެހިންގެ މެދުގައި މައްޝޫރު ދިވެހި ޗެނަލެކެވެ.

 

އެގޮތުން އައިސް ޓީވީއިން ގެނެސްދޭ ޚާއްސަ ޕްރޮގުރާމުތަކުގެ ތެރޭގައި  ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރަމްތައް، އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗްތަކުގެ އިތުރުން މަޝްހޫރު ފިލްމީތަރި މަރިޔަމް ޢައްޒަ ހުށަހަޅައިދޭ ޓޯކްޝޯޗ "އަޒޯނާ"ހިމެނެއެވެ.

 

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ  ޚިދުމަތުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ އޮފަރގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ.

 

ޚަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް،  ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ.

 

މީގެއިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ އޮފަރ އަގަކީ ޖީ.އެސް.ޓީ ނުލާ 300 ރުފިޔާއެވެ އަދި ކޮންމެ ކަނެކްޝަނަކާއި އެކު ހިލޭ ޖޯއިބޮސް ލިބިގެނެދާނެއެވެ.

 

ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ.  މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެއެވެ.

 

ދިރާގު ޓީވީ ތަޢާރަފު ކުރިތާ މިވީ ދޮޅު އަހަރުދުވަހުގެ ތެރޭގައި ނުހަނު ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައިއެވެ. އެގޮތުން ދިރާގު ޓީވީ އަށް ޚާއްސަ އެޕެއް ތަޢާރަފުކުރުމުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 50 އިތުރު ރަށަކަށްވަނީ މި ހިދުމަތް ފޯރުކޮށްދީފައިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ