އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެކްސީތަކުގަ މީޓަރު ހަރުކުރަނީ- މާލޭގެ ދަތުރުތަކުގެ އަގު ހެވެއް ނުވާނެ!

ޓެކްސީތަކުގަ މީޓަރު ހަރުކުރަނީ- މާލޭގެ ދަތުރުތަކުގެ އަގު ހެވެއް ނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޓެކްސީތަކުގައި މީޓަރު ހަރުކުރަން ނިންމައި އެކަމަށް ބޭނުންވާ އުޞޫލުތައް ކަނޑއެޅުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

 

މިނިސްޓަރު ޢައިޝަތު ނަހުލާ މިއަދު ވިދާޅުވީ މިކަމަށް ކުރަންޖެހޭ މަޝްވަރާތައް މިހާރުވެސް ދަނީ ކުރެވެމުން ކަމަށާއި މީޓަރު ހަރުކުރަންޖެހޭނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާނެ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅުންހުރި ކަންކަން ނިންމަވާނީ ޓެކްސީ ދުއްވާ ފަރާތްތަކާއިވެސް މަޝްވަރާ ކުރައްވައިގެން ކަމަށާއި ރަނގަޅު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. 

 

 ރަފީޢު ވިދާޅުވީ މާލޭގެ ދަތުރަކަށް 25 ރުފިޔާއަކީ މިހާރުވެސް ބަލައިގަނެވިފައިވާ އަގެއް ކަމަށާއި މީޓަރު ބެހެއްޓުމުން ވެސް އަގުނެގޭނީ މާލޭގެ ދަތުރުތަކުގެ އަގު މިހާރަށްވުރެ ބޮޑު ނުވާނެ ގޮތަކަށް ކަމަށެވެ. 

 

ޢާދިލް ވިދާޅުވީ ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އެރުވުމަކީ މިހާރުވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އިތުރު ފަސިންޖަރުން އަރުވާ ކަމުގެ ޝަކުވާ މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ. މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ފަސިންޖަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް