އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކަރޮޕްޝަން ބަލާ ކޮމިޝަނުން އެއްމެ ފުރަތަމަ ބަލަނީ އެމްއެމްޕީއާރުސީ ގެ މައްސަލަ!

ކަރޮޕްޝަން ބަލާ ކޮމިޝަނުން އެއްމެ ފުރަތަމަ ބަލަނީ އެމްއެމްޕީއާރުސީ ގެ މައްސަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު 

ވޭތުވެ ދިޔަ ސަރުކާރުގައި، ހިނގާފައިވާ ކްރޮޕްޝަންގެ ކަންކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެކުލަވާލި ޕްރެސިޑެންޓަލް ކޮމިޝަން އޮން ކަރޮޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ފުރަތަމަ މައްސަލަ ބަލަން ފަށައިފިއެވެ.

އެގޮތުން، އެ ކޮމިޝަނުން ބަލަމުން ގެންދަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައެވެ. އެކޮމިޝަނުން ބުނީ އެމްއެމްޕީއާރްސީ މެދުވެރިވެގެން ހިންގިކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަ ބަލަމުން ދާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގެ ތަހްގީގަށް ބޭނުން ހިފޭނޭ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ، އެ ކޮމިޝަނަށް ހިއްސާކޮށްދިނުމަށް އެކޮމިޝަނުން އެދެއެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތަކީ މިހާތަނަށް  ދިވެހިރާއްޖޭގައި ހިންގި  އެންމެ ބޮޑު ހިޔާނާތް ކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލައަކީ، މި މައްސަލަ ބަލައި މިކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެއުމަށް އެތައް ބަޔަކު ސަރުކާރަށް ގޮވާލާފައިވާ ބޮޑު މައްސަލައެކެވެ. 

އެމްއެމްޕީއާރުސީގެ މި ހިޔާނާތަކީ 1.2 ބިލިއަން ދިވެހި ރުފިޔާ ހިޔާނާތެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް