އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސަރުކާރު ސުކޫލުތަކުގެ ތެރެއިން 134 ސުކޫލެއްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކޮށްފި!

ސަރުކާރު ސުކޫލުތަކުގެ ތެރެއިން 134 ސުކޫލެއްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ދިވެހިރާއްޖޭގެ ސަރުކާރު ސުކޫލުތަކުގެ ތެރެއިން 134 ސުކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގައި ހުރި ސަރުކާރުގެ 213 ސުކޫލުގެ ތެރެއިން 134 ސުކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށް ބާކީހުރި 79 ސުކޫލުވެސް އެއްދަންފަޅިއަށް ބަދަލުކުރުމަށް އެ ސުކޫލުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ގެއްދަވާ ކަމަށެވެ. 

މީގެ އިތުރުން، އެކަމަނާ ވިދާޅުވީ، ވަރަށް އަވަހަށް އެދިރާސާ ނިންމައި ބާކީ ހުރި ސުކޫލުތަކުގެ  ކިޔެވުން ވެސް އެއްދަންފަޅިއަށް ބަދަލުކުރައްވާނެ ކަމަށެވެ.  ނަމަވެސް، އެއްދަންފަޅިއަސް ބަދަލުކުރި އެއްވެސް ސުކޫލެއްގެ ނަން މިނިސްޓަރު ވިދާޅެއް ނުވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


7%
ވ.ރަނގަޅު
21%
ރަނގަޅު
21%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް