އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އެ އަވަށް ފަޤީރުކަމުން މަދަރުސާއެއް، ކިޔަވާނެ ފޮތެއް ނެތެވެ. ނަމަވެސް އަވަށުގެ ގިނަކުދިންނަކީ ކީރިތި ޤްރްއާން ހިތުދަސް ހާފިޡުންނެވެ!: މުފްތީ މެންކް

އެ އަވަށް ފަޤީރުކަމުން މަދަރުސާއެއް، ކިޔަވާނެ ފޮތެއް ނެތެވެ. ނަމަވެސް އަވަށުގެ ގިނަކުދިންނަކީ ކީރިތި ޤްރްއާން ހިތުދަސް ހާފިޡުންނެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

ނައިޖީރިއާގެ އެންމެ ފަޤީރު ސަރަހައްދަކަށް ދިއައިމެވެ. އެ ސަރަހައްދުގައި މީހުންގެ ފަޤީރުކަން ބޮޑުކަމުން މަދުރަސާއެއް ސްކޫލެއް ނުހުރެއެވެ. ކިޔަވާނެ ފޮތެއް ވެސް ނުހުރެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަވަށުގެ ގިނަ ކުދިންނަކީ ކީރިތި ޤްރްއާން ހިތުދަސްކުދިންނެވެ. އަދި އިސްލާމް ދީނުން ގިނަ ބައަކަށް ނުވެސް އެނގޭ ޢިލްމް ޙާޞިލުކުރަން ދަރިވަރުން ދިއައީ މަސައްކަތް ކުރަމުންނެވެ.

ސިފަ ކިޔާކަށް ނެތީމެވެ. ހަމަ ގައިމުވެސް ގައިގެ ކުލަ ކަޅުކަމަށް ބުނަން ޖެހޭނެއެވެ. އެހެން ބުނުމާއިއެކު ކުރަންޖެހޭ ސުވާލަކީ ﷲ ތަޢާލާގެ ހަޟްރަތުގައި މަތިވެރިވާނީ އެކުދިން ހެއްޔެވެ؟ ނޫނީ އަހަރެމެންގެ ތެރޭގައި ތިބި މުއްސަނދިންނަށް ލިބިފައިވާ އެންމެ ކުޑަމިނުން ކީރިތި ޤްރްއާން ކިޔަވައިލަންވެސް ނުދަންނަ ގައިގެ ކުލަ ދޮން ބަލައިލަން ރީތި ކުދިން ހެއްޔެވެ؟ 

މިހެން މިވީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ޙާލު އެމީހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ އެހާލުގައިވެސް އެމީހުން ދިއައީ ﷲ ތަޢާލާއާއި ވީވަރަކުން ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ. ﷲ ގެ ދީން މަތީގައި ސާބިތުވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އިސްލާމް ދީން މަތިވެރިކުރުމަށް އަހަރެމެންނަށް މިއަދު މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ 

ދުނިޔެއަށް މިހާރު ޖެހިފައިވާ އެންމެ ބޮޑު ބައްޔަކީ ކޮންމެ މީހަކަށްވެސް ތިމާއަކީ އެންމެ މޮޅު މީހާ ކަމަށް ޤަބޫލުކުރެވުމެވެ. ތިމާ ނިޞްބަތްވާ ޚާންދާނަކީ ނުވަތަ ގަބީލާ އަކީ އެހެން މީހުންނަށްވުރެ މާމަތިވެރި ބައެއް ކަމަށް ޤަބޫލުކުރެވުމެވެ. 

މިއީ އިބިލީސް ދުނިޔެއަށް ޖައްސުވާފައިވާ އެންމެ ބޮޑު އެއް ބައްޔެވެ. ހަޤީޤަތުގައި އިބިލީސް އެ ހިފަނީ ވަރަށް ބޮޑު ބަދަލު ހިފުމެކެވެ. އެހެނީ އޭނާ ހަލާކުވެގެން ދިއައީ އޭނާ އަކީ އެންމެ މޮޅު މީހާ ކަމަށް އޭނާއަށް ޤަބޫލުކުރެވުމުންނެވެ. އޭނާ އާދަމްގެ ފާނަށް ސަޖިދަ ނުކުރީ އެހެންވެގެންނެވެ. 

މިއަދު އިބިލީސް އެދަނީ އެންމެންގެ ކިބައިން އެކަމުގެ ބަދަލު ހިފަމުންނެވެ. އެންމެންގެ ވިސްނުން ތަޣައްޔަރުކޮށް މުޅި ދުނިޔޭގައި މައްސަލަތައް އުފައްދުވަމުންނެވެ. އެ މައްސަލަތަކުގެ ސަބަބުން މުޅި ދުނިޔެ މިވަނީ ފިތުނައިގެ ހާއްޔަކަށް ބަދަލުވެފައެވެ. މުޅި ދުނިޔެ މިވަނީ ހަނގުރާމައިގެ ބިރުވެރި މައިދާނަކަށް ބަދަލުވެފައެވެ.

އަހަރެމެން އެންމެން އުފެދިގެން އައިސްފައި މިވަނީ ހަމަ ޢާދަމްގެފާނާއި ހައްވާގެފާނުގެ ސަބަބުންނެވެ. ތަފާތު ނަސްލުތަކުގެ މީހުން ތަފާތު ކަންކޮޅުތަކުގައި ލެއްވެވުމަށްފަހު އެކަމުގެ ސަބަބުވެސް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއީ މީސްތަކުން އެއް ބައަކު އަނެއް ބައަކަށް ތަޢާރަފްވެ ގުޅުން ބަދަހިކުރުމެވެ. ދެބަސްވެ ހަނގުރާމަކުރާކަށް ނޫނެވެ. 

ވީމާ މިހުރިހާ ކަމަކަށްޓަކައި ހިތުން ހަސަދަވެރިކަން ފިލުވައިލާށެވެ! ވަކިން މޮޅު ކަމެއް ލިބިފައިވާ ހަމަ އެކަކުވެސް ނުހުންނާނެ ކަމަށް ޤަބޫލުކުރާށެވެ! އެންމެންނަކީވެސް އަޚުން ކަމަށް ޤަބޫލުކޮށް އިޙްތިރާމްކުރަން ފަށާށެވެ. އެއިރުން މިހާރު ދުނިޔޭގައި އުފެދިގެން މިއުޅޭ ހަސަދަވެރިކަން ނެތިގެން ހިނގައިދާނެއެވެ. 

މުފްތީ މެންކުގެ ދަރުސަކުން 

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
8%
ރަނގަޅު
28%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް