އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖޭއެސްސީ އިން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ބަންޑާރަ ނައިބު

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖޭއެސްސީ އިން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ބަންޑާރަ ނައިބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުންއޮންނަކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހަމަޖައްސައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ އެ ކޮމެޓީގެ ރައީސަކަށް ރިފްއަތު ހަމަޖެއްސެވީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައިކަމަށެވެ. ރިފްއަތަކީ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއް ވެސް މެ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ޚަބަރެއްގައި ވަނީ، އެ ތުހުމަތުތައް ބެލުމަށް އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ސުއޫދު ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ހަގީގަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެ ކަންކަމުގެ މައުލޫމާތާއި، ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ހޯދަން ކޮމެޓީން ނިންމި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެތުހުމަތާ ގުޅޭ މައުލޫމާތު ހޯދުމަށާއި އެކަމުގެ މައުލޫމާތު ސުއޫދުގެ އިތުރުން ތަހުގީގީ އިދާރާތަކުން ހޯދުމަށްވެސް ކޮމެޓީން ނިންމިކަމަށާއި އަދި އެ ކޮމެޓީގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމުގެ އިތުރުން އެކަމުގެ މައުލޫމާތު އާންމު ކުރަމުން ގެންދިއުމަށް ވެސް އެ ކޮމެޓީން ނިންމި ކަމަށް ޖޭއެސްސީން ވަނީ ބުންޏެވެ.

 

 

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު