ތިބާގެ ނަން އުޑުތަކުގަ ގުގުވުމުގެ ފުރުޞަތު އެންމެ ނިކަމެތި މީހާއަށްވެސް އެބަ އޮތެވެ!: މުފްތީ މެންކް

ތިބާގެ ނަން އުޑުތަކުގަ ގުގުވުމުގެ ފުރުޞަތު އެންމެ ނިކަމެތި މީހާއަށްވެސް އެބަ އޮތެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

އެއްބައަކީ ދުނިޔޭގައި ވަރަށް މަޝްހޫރު، އަދި ފައިސާވެރިކަމުގެ ގޮތުން ބިލިއަނަރުންނެވެ. މުޅި ދުނިޔެ ވެސް އެމީހުން ދަނެއެވެ. އެމީހުންގެ މަޝްހޫރުކަން ބޮޑުކަމުންނެވެ. އެމީހުން ދުނިޔޭގައި މިހައި މަޝްހޫރު ނަމަވެސް އެމީހުން ދެނެވަޑައިގަންނަވާ އެއްވެސް މަލާއިކަތަކު އުޑުގައި ނެތިދާނެއެވެ! 

ދެވަނަ ބައަކީ ދުނިޔޭގައި އެއްވެސް ވަރަކަށް މަޝްހޫރު ނޫން މީހުންނެވެ. ވަރަށް ފަޤީރު ނިކަމެތިންނެވެ. ފަޤީރުކަން ބޮޑުކަމުން އެމީހުންގެ ވާހަކަ ދައްކާ މީހަކުވެސް ދުނިޔެގައި ނުއުޅޭ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އުޑުތަކުގައި ގުރުގުމަމުން ދަނީ އެމީހުންގެ ނަމެވެ. އެމީހުންގެ އަޑުތަކެވެ. އެމީހުން ކުރާ އަޅުކަމުގެ މަތިވެރިކަމުގެ ސަބަބުން ﷲ ތަޢާލާގެ އަމުރުފުޅަށް އެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި މަލާއިކަތް ބޭކަލުން ކެނޑިނޭޅި ދުޢާ ކުރައްވަމުން ގެންދަވާ އަޑެވެ. 

ނިކަން ބުނެބަލާށެވެ! މިތަނުން ތިބާ ބޭނުންވަނީ ކޮން ބައެއްގެ ތެރޭގައި ހިމެނެން ހެއްޔެވެ؟

ދުނިޔޭގައި މަޝްހޫރުކަން ބޮޑުވެ ސޯޝަލް މީޑިއާގައި އެމީހެއްގެ ފޮލޯވަރސް ގިނަވެ އެތައް މިލިއަން ފޮލޯވަރސް ތިބި އެތައްބައަކު އެބައުޅެއެވެ. އެއިގެ ތެރެއިން ބައެއް މީހުން އެމީހުން ފާޚާނާގައި ކުރާ ކަންކަންވެސް ދުނިޔޭގެ އެންމެންނަށް އަންގައެވެ. ނަމަވެސް އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ އެމީހުންނަކީ ހެޔޮ އަމަލުކުރާ ބައަކަށް ނުވާތީ އުޑުގައި އެމީހުންނަކީ ގެއްލިފައިވާ ބައެކެވެ. 

ހިތާމައަކީ ހަމަ މުސްލިމުންގެ ތެރޭގައި ވެސް މިފަދަ އެތައް ބައަކު، އެތައް މިލިއަން މީހުން އެބަ ތިބި ކަމެވެ. އެމީހުންގެ މަޝްހޫރުކަން ދުނިޔޭގައި ކިތަންމެ ބޮޑު ނަމަވެސް އާޚިރަތުގައި އެމީހުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ﷲ ތަޢާލާ ކުރަން އެންގެވި ކަންކަން ކުރުމުގައި "މަޝްހޫރުވި" މީހަކަށް ނޫނީ އާޚިރަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެން ކަންކަމުން ފޭންސްތަކާއި ފޮލޯވަރސްތައް ކިތަންމެ ގިނަވި ނަމަވެސް ސުވަރުގެ ދިއުމަށް ބޭނުންވާ ހަމަ އެންމެ ސަވާބެއްވެސް ނުލިބޭނެއެވެ. 

ވީމާ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތް ކުރަންވީ ތިމާގެ ނަން އުޑުގައި ގަދަކުރެވޭތޯއެވެ! އެކަން ކުރެވޭނީ ތިމާގެ ތަޤްވާވެރިކަން އިތުރުކުރި ވަރަކުންނެވެ. ހެޔޮ އަމަލުތައް ކުރި ވަރަކުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
14%
ރަނގަޅު
14%
އޯކޭ
38%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް