އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރީތިކަމަށާ ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރުމުން ކައިވެނީގެ ހަޤީޤީ މީރުކަން ލިބުމަކީ ވަރަށް ނާދިރު ކަމެއް!

ރީތިކަމަށާ ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރުމުން ކައިވެނީގެ ހަޤީޤީ މީރުކަން ލިބުމަކީ ވަރަށް ނާދިރު ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

އެންމެ ގިނައިން އަޑު އިވޭ އެއް ޝަކުވާއަކީ ކައިވެނީގައި މައްސަލަތައް ޖެހިގެން ކުރާ ޝަކުވާތަކެވެ. ކައިވެންޏަށްފަހު ތަފާތު މައްސަލަތައް ޖެހިގެން ކުރާ ޝަކުވާތަކެވެ. އެކަކު އަނެކަކަށް ބޭވަފާތެރިވުމާއި އަނިޔާވެރިވުމުގެ ޝަކުވާތަކެވެ. ބައިވަރު ދަރިންތައް ލިބުމުން ވެސް ކައިވެނި ރޫޅުމުގެ ޝަކުވާތަކެވެ. 

މިކަންކަން މިހައި ގިނަވަމުން މިދަނީ ކައިވެނި ކުރެވޭ ގޮތުން ކަމަށް ޤަބޫލުކުރެވެއެވެ. ކައިވެނިކުރުމުގައި ބަލަން ﷲ ތަޢާލާ އަންގަވާފައިވާ ޝަރުޠުތައް ބަހައްޓާފައި އަމިއްލައަށް ކަންތައްތަކެއް ކަނޑައަޅައިގެން ކައިވެނި ކުރާތީ ކަމަށް ވެސް ޤަބޫލުކުރެވެއެވެ. 

ﷲ ތަޢާލާ އަންގަވާފައިވަނީ ތަޤްވާވެރި، އަޚްލާޤް ރަނގަޅު ޒިންމާދާރު މީހުން ބަލައިގެން ކައިވެނިކުރުމަށެވެ. ﷲ އަށް ބިރުވެތިވާ މީހުން ބަލައިގެން ކައިވެނި ކުރުމަށެވެ. އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް މިކަންކަމަށް ބަލަންޖެހޭނެއެވެ. 

ނަމަވެސް މިހާރަކަށް އައިސް ގިނައިން މިބެލެނީ ބޭރުފުށުގެ ރީތިކަމަށެވެ. ނުވަތަ ތަނަވަސް ކަމަށެވެ. ބޭރުފުށުގެ ރީތިކަމާއި ތަނަވަސްކަމަށް ބަލައިގެން ކުރާ ކައިވެނިތަކުގައި މައްސަލަ ޖެހުން އެއީ ހަމަ 99 އިންސައްތަ ޢާންމު ކަމެއް ކަމަށް ބެލެވެން އެބައޮތެވެ. ވީމާ އެކަންކަމަށް ބަލައިގެން ކުރާ ކައިވެނިތަކުގައި މައްސަލަ ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.

މިހެން ބުނުމުން ވަރަށް ގިނައިން ކުރެވޭ އެއް ސުވާލަކީ އެތެރެފުށް ބަލާނީ ކިހިނެއްތޯއެވެ؟ ތަޤްވާވެރިކަން ބަލާނީ ކިހިނެއްތޯއެވެ؟ ޖަވާބަކީ މީޙުން ދައްކާހައި ވާހަކަތައް ޤަބޫލުނުކޮށް ހަޤީޤަތް ބަލަން މަސައްކަތް ކޮށްފިނަމަ 90 އިންސައްތަ ކާމިޔާބު ކުރެވޭނެ ކަމެވެ. 

މިޒަމާނުގެ ޙާލަތަށް ބަލައި ވަރަށް އާދައިގެ މިސާލެއް ބުނަން ހެއްޔެވެ؟ ކައިވެނީގެ ބޭރުން ކުރުން ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރަން އެދިއްޖެ ނަމަ އެއޮތީ އެހިސާބުން ފެއިލްވެފައެވެ. ކައިވެނީގެ ބޭރުން ކުރަން ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރަން ފުރުޞަތު ދީފިނަމަ ވެސް އެއޮތީ އެހިސާބުން ފެއިލްވެފައެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް މީހަކު އެފަދަ އެއްވެސް ކަމަކަށް ނުވެސް އެދޭނެއެވެ. އަދި ފުރުޞަތެއްވެސް ނުދޭނެއެވެ. އަދި މިނޫން ގޮތްތައްވެސް ހުންނާނެއެވެ. 

އަނބިމީހާ ނުވަތަ ފިރިމީހާގެ ސިފަ ކިތަންމެ ހުތުރު ނަމަވެސް އުފަލުގައި ދިރިއުޅެވިދާނެއެވެ. އާމްދަނީ ލިބޭ މިންވަރު ކިތަންމެ މަދު ނަމަވެސް ހަމަ އުފަލުގައި ދިރިއުޅެވިދާނެއެވެ. ދެމަފިރިންނަކީ ތަޤްވާވެރިން ކަމުގައި ވާނަމަ ސިފަ ހުތުރުވުމާއި ލިބޭ އާމްދަނީ މަދުވުމަކީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި ދޭން ޖެހޭ ލޯތްބާއި ކުލުނު ދިނުމަށް އޮތް ހުރަހަކަށް ނުވާނެއެވެ. ބައެއް ޤައުމުތަކުގައި ބޯހިޔާވަހިކަމެއް ވެސް ނެތި މަގުމަތީގައި، ނޫނީ ދަމާގާޑިޔާ ދަށުގައި ނިދާލައިގެން ދިރިއުޅޭ މީހުންނަށް ބެލުމުން މިކަމުގެ ހެކިފެންނާނެއެވެ. 

ކިތަންމެ ރީތި ނަމަވެސް އަދި ތަނަވަސް ނަމަވެސް ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި ލޯތްބާއި ކުލުނު ނެތްނަމަ އެކައިވެންޏަކުން ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ އޮތީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟

މިކަންކަމަކީ ކައިވެނީގެ ކުރިން ބަލައި ވިސްނަން ޖެހޭނެ ކަންކަމެވެ. އަހަރެންގެ ނަޞޭޙަތަކީ ކިތަންމެ މުއްސަނދި ނަމަވެސް އަދި ކިތަންމެ ރީތި ނަމަވެސް ތަޤްވާވެރިކަމަށް ނުބަލައި ކައިވެނި ނުކުރުމެވެ. ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ޝަރުޠުތަކަށް ބަލައިގެން ކައިވެނިކުރުމެވެ. އެގޮތަށް، އެކަންކަމަށް ބަލައިގެން ކައިވެނިކުރުމުން ﷲ ތާޢާލާގެ ބަރަކާތް އިތުވާނެއެވެ. ރަޙްމަތްފުޅު އިތުރުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


35%
ވ.ރަނގަޅު
11%
ރަނގަޅު
29%
އޯކޭ
23%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު