ޚުޠުބާ ކިޔާ ގަޑީގަ އަޑުއެހުމަކީ ވާޖިބެއް!- އެގަޑީގަ ޤްރްއާން ކިޔެވުމަކީ ސުންނަތާ ޚިލާފް ކަމެއް: ޝައިޚް ޢަލީ ޒައިދު

ޚުޠުބާ ކިޔާ ގަޑީގަ އަޑުއެހުމަކީ ވާޖިބެއް!- އެގަޑީގަ ޤްރްއާން ކިޔެވުމަކީ ސުންނަތާ ޚިލާފް ކަމެއް: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ޚުޠުބާ ކިޔާ ގަޑީގައި ޚުޠުބާ އަޑުއެހުމަކީ ވާޖިބެއް ކަމަށާއި އެގަޑީގައި ޤްރްއާން ކިޔެވުމަކީ ސުންނަތާއި ޚިލާފް ކަމެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

"ޚުޠުބާ ކިޔާ ގަޑީގަވެސް ބައެއް މީހުން ފޯނުން ޤްރްއާން ކިޔަވާތަން ދެކެމެވެ! މިއީ ގޯހެކެވެ! ޚުޠުބާ ކިޔާ ގަޑީގަ ޖެހޭނީ އަޑުއަހާށެވެ! އެއީ ވާޖިބެކެވެ. އެގަޑީގަ ޤްރްއާން ކިޔެވުމަކީ ސުންނަތާއި ޚިލާފް ކަމެކެވެ!" 

އިމާމް މީހާ ޚުޠުބާ ކިޔަން ފެށުމުން ވެސް ބައެއް މީހުން ކީރިތި ޤްރްއާން ކިޔަވައެވެ. ގިނަ ބައަކު އެކަން ކުރަނީ ކަހްފް ސޫރަތް ކިޔަވަމުން ގޮސް ޚުޠުބާ ކިޔަން ފެށިއިރުވެސް ނުނިމި އޮތްބައި ނިންމައިލުމަށެވެ. ނަމަވެސް އެއީ ސުންނަތާއި ޚިލާފް ކަމެކެވެ. ޚުޠުބާ ކިޔަން ފެށުމުން އޮތީ ކަނުލައި އަޑު އެހުމެވެ. އެހައިތަނަށް ކަހަފް ސޫރަތް ކިޔަވައި ނުނިމޭނަމަ އެބައި ކިޔަވައި ނިންމުމުގެ ވަގުތު ހުކުރު ދުވަހުގެ އިރުއޮއްސުމާއި ހަމައަށް ދެމިގެންވެއެވެ.

ބައެއް މީހުން ހުކުރު ނަމާދަށްފަހު މިސްކިތުގައި މަޑުކޮށްލައިގެން ތިބެ ނުކިޔެވި އޮތްބައި ކިޔަވާތަންވެސް ފެނެއެވެ. އަދި އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތެވެ.  

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް