ކީރިތި ޤްރްއާނުގައި ބޭކަލުންގެ ނަންފުޅުތައް ހިމެނިފައިވާ އަދަދާއި ހިމެނިފައިވުމާ، ނުވުމަކީ އެބޭކަލެއްގެ ދަރަޖަ އަންގައިދޭ ކަމެއް ނޫން: ޝައިޚް ޢަޒްމަތު ޖަމީލް

ކީރިތި ޤްރްއާނުގައި ބޭކަލުންގެ ނަންފުޅުތައް ހިމެނިފައިވާ އަދަދާއި ހިމެނިފައިވުމާ، ނުވުމަކީ އެބޭކަލެއްގެ ދަރަޖަ އަންގައިދޭ ކަމެއް ނޫން: ޝައިޚް ޢަޒްމަތު ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ބައެއް ފަހަރު ކްރިސްޓިއަނުން އެބަ ބުނެއެވެ. "ކަލޭމެންގެ އެންމެ މުޤައްދިސް ފޮތަކީ ކީރިތި ޤްރައާން ނޫން ހެއްޔެވެ؟ އެފޮތުގައި ކަލޭމެންގެ ރަސޫލާ މުޙައްމަދު (ޞޢވ)ގެ ނަންފުޅު ބަޔާންވެގެންވަނީ އެންމެ 4 ފަހަރުއެވެ. ނަމަވެސް ތިމަންމެންގެ ޖީސަސްގެ ނަން އެފޮތުގައި 25 ފަހަރު ބަޔާންވެގެންވެއެވެ. ވީމާ ކީރިތި ޤްރްއާނުގައިވެސް އަހަރެމެންގެ ޖީސަސް އަށް ދެވިފައިވާ މަތިވެރިކަން މާ ބޮޑު ނޫން ހެއްޔެވެ؟"   

(ކީރިތި ޤްރްއާނުގައި "މުޙައްމަދު" މިނަންފުޅު އައިސްފައިވަނީ 4 ފަހަރުއެވެ. އަޙްމަދު 1 ފަހަރުއެވެ.)

މިފަދަ މީހުންނަށް ބުނާށެވެ. "ކީރިތި ޤްރްއާނުގައި ޢީސާގެފާނު (ޖީސަސް)ގެ ނަންފުޅު އައިސްފައިވަނީ އެންމެ 25 ފަހަރު ނޫން ހެއްޔެވެ؟ މޫސާގެފާނުގެ ނަންފުޅު 136 ފަހަރު ބަޔާންވެގެންވެއެވެ. ތިއަ ބުނާ ގޮތުން ބަލައިފިނަމަ މޫސާގެފާނުގެ މަތިވެރިކަން އަދި މާބޮޑު ނޫން ހެއްޔެވެ؟" 

ކީރިތި ޤްރްޢާނުގައި އެކި ބޭކަލުންގެ ނަންފުޅުތައް ބަޔާންވެގެންވަނީ އެކި އަދަދުތަކެކެވެ. މާތް، މާތް އެތައް ރަސޫލުބޭކަލުންގެ ނަންފުޅުތައް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވެސް ނުވެއެވެ. އިބިލީހުގެ ނަން ވަނީ ބަޔާން ކުރައްވައިފައެވެ. (އަބޫޖަހުލާއި ފިރްއަޢުނުގެ ނަންވެސް ވަނީ ބަޔާންކުރައްވަވައިފައެވެ.) 

ވީމާ މިކަންކަމުން އެނގިގެންދަނީ ކީރިތި ޤްރްއާނުގައި އެބޭކަލެއްގެ ނަންފުޅު ބަޔާންވެގެންވުމާއި ބަޔާން ކުރައްވަވާފައިވާ އަދަދު ގިނަވުމަކީ އެބޭކަލެއްގެ މަތިވެރިކަން އިތުރުވާ ނުވަތަ ބޮޑުވެގެންދާ ސަބަބެއް ނޫން ކަމެވެ. 

ޝައިޚް ޢަޒްމަތު ޖަމީލް ވިދާޅުވީ މިފަދަ މައުލޫމާތުތައް މިއަދުގެ ދަރިވަރުންނަށް އޮޅުންފިލުވައިދޭންޖެހިފައިވާ ކަމަށެވެ. ނޫންނަމަ މިފަދަ މައްސަލަތައް ކުރިމަތިވުމުން ދަރިވަރުންނަށް އޮޅުން އަރައި ރަނގަޅު ގޮތާއިމެދު ޝައްކުތައް އުފެދިދާނެ ކަމަށެވެ. 

ރާއްޖޭގައިވެސް މިހާރު ހުރިހާ ދީނެއްގެ ދަރިވަރުން ކިޔަވާ އިންޓަރނޭޝަނަލް ސްކޫލްތައް ހުރުމާއިއެކު ޚާއްޞަކޮށް އެފަދަ ސްކޫލްތަކުން ކިޔަވާ މުސްލިމް ދަރިވަރުންނަށް ޢާންމުކޮށް ކުރިމަތިކުރުވާ މިފަދަ ކަންކަމުގެ ވާހަކަތައް ކިޔައިދީ ހޭލުންތެރި ކުރުވުމުގެ މުހިންމުކަން ޝައިޚް ޢަޒްމަތު ޖަމީލް ވަނީ ފާހަގަކުރައްވައިފައެވެ.  

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަޒްމަތު ޖަމީލް ދެއްވި ދަރުސުން

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
33%
ރަނގަޅު
0%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް