އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދަރިފުޅާ މުޢާމަލާތު ކުރެވޭ ގޮތުން ދަރިފުޅަކީ ވައްކަންކުރާ ކުއްޖަކަށްވެސް ވެދާނެ - ދީލަތި ހެޔޮލަފާ ކުއްޖަކަށްވެސް ވެދާނެ: ޝައިޚް ޢަޒްމްދު ޖަމީލް

ދަރިފުޅާ މުޢާމަލާތު ކުރެވޭ ގޮތުން ދަރިފުޅަކީ ވައްކަންކުރާ ކުއްޖަކަށްވެސް ވެދާނެ - ދީލަތި ހެޔޮލަފާ ކުއްޖަކަށްވެސް ވެދާނެ: ޝައިޚް ޢަޒްމްދު ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ދަރިފުޅާ މުޢާމަލާތު ކުރެވޭ ގޮތުން ދަރިފުޅަކީ ވައްކަންކުރާ ކުއްޖަކަށް  ބަދަލުވެ ވައްކަންކުރުމަށް ދެވިވެސް ހިފައިފާނެއެވެ. އަދި ދީލަތި ހެޔޮލަފާ ކުއްޖަކަށްވެސް ވެދާނެއެވެ.  

މިކަމުގެ ދެ މިސާލެއް ބުނެދޭނަމެވެ. ފުރަތަމަ ހާދިސާގައިވާ ގޮތަކީ އެއް ދުވަހު ދަރިފުޅު ސްކޫލުން ގެއަށް އައިއިރު ފަންސުރު ވަނީ ގެއްލިފައެވެ. އެކަމާ މަންމަ އައި ރުޅީގައި ތަޅައި އަނިޔާކުރީއެވެ. އަދި ފަންސުރު ނުލައި ދެން ގެއަށް އައިސްގެން ނުވާނެ ކަމުގެ އިންޒާރުވެސް ދިނީއެވެ. 

އެއިގެ ފަހުން އެ ކުއްޖާގެ ފަންސުރު ގެއްލިއްޖެ ނަމަ ގެއަށް ދަނީ އެހެން ކުއްޖެއްގެ ފަންސުރު ވަގަށް ނަގައިގެންނެވެ. ދުވަސްކޮޅަކުން އެކަމަށް ދެވިހިފައި ފަންސުރު ގިނަ ކުރުމުގެ ބޭނުމުގައިވެސް ވައްކަން ކުރަންފެށީއެވެ. ދުވަސްކޮޅެއް ފަހުން އެހެން ކްލާސްތަކުން ވެސް ވައްކަން ކުރަން ފެށީއެވެ. އެންމެފަހުން ޕްރިންސިޕަލް އޮފީހަށް ވަދެ އެތަނުންވެސް ވައްކަންކުރަން ފެށީއެވެ. 

ދެވަނަ ހާދިސާގައި ވެސް ދަރިފުޅު ގެއަށް އައީ ފަންސުރު ނުލައެވެ. ފަންސުރު ކޮބައިތޯ ސުވާލުކުރުމުން ބުނީ ގެއްލުނީ ކަމަށެވެ. އެހެންކަމަށްވާއިރު ފިލާވަޅުތައް ލިޔުނީ ކިހިނަކުންތޯ ސުވާލުކރުމުން ދަރިފުޅު ބުނީ އެހެން ކުއްޖެއްގެ އަތުން ފަންސުރެއް ހޯދައިގެން ކަމަށެވެ.

ޖަވާބުގައި މަންމަ ބުނީ އެކުއްޖާ އެކުރީ އެ ކުއްޖާއަށް ވަރަށް ގިނަ ސަވާބު ލިބޭނެ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އެކަން ރަނގަޅުކަމަކަށްވެ ސަވާބު ލިބޭނީ ކީއްވެތޯ ސުވާލުކުރުމުން މަންމަ ބުނީ އެހެން ކުދިންނަށް އެހީތެރިވެދިނުމަކީ ސަވާބުލިބޭނެ ކަމެއް ކަމަށެވެ. 

މަންމަ އެހެން ބުނުމުން ސަވާބުހޯދުމުގެ ބޭނުމުގައި އެކުއްޖާ ކުރަންފެށި ކަމަކީ ކޮންމެ ދުވަހަކުވެސް ކްލާހަށް އިތުރަށް ފަންސުރު ގެންދަން ފެށުމެވެ. ފަހުން ކްލާހުގެ ކުއްޖެގެ އަތުގައި ފަންސުރެއް ނެތިއްޖެ ނަމަ ފަންސުރު ހޯދަނީ އެ ކުއްޖާ އަތުންނެވެ. އޭނާގެ އަތުގައި އިތުރަށް ފަންސުރު ހުންނާނެ ކަން ހުރިހާ ކުދިންނަށްވެސް އެނގޭތީއެވެ. އެކުއްޖާ ބޮޑުވެގެންވީ މަދަނީ ޖަމިއްޔާއެއް އުފައްދައި ހިލޭ ސާބަހަށް ޚިދުމަތް ފޯރުކޮށްދޭ ކުއްޖެކެވެ. 

ވިސްނާށެވެ! ދެ ހާދިސާގައި ވެސް ކުރިމަތިވީ ފަންސުރެއް ގެއްލުނު މައްސަލައެވެ. ނަމަވެސް ކަންކަން ބަދަލުވެގެން މިދިއައީ މަންމަ ދަރިންނާއިމެދު މުޢާމަލާތު ކުރި ގޮތުންނެވެ. 

އާދިއްތަ ދުވަހު ސްކޫލްތައް މިއަހަރަށް ހުޅުވި ކިޔެވުން ފަށަނީއެވެ. މިފަދަ ކަންކަމަށް މައިން ބަފައިން ވަރަށް ބޮޑަށް ހޭލުންތެރިވާންވާނެއެވެ. ދެވޭ ތައުލީމަކީ ހަމަ އެކަނި އުނގަންނައި ދެވޭ މައުލޫމާތެއް ނޫނެވެ. މައުލޫމާތާއިއެކު ހަރުދަނާ ތަރުބިއްޔަތެއްވެސް ދޭން ޖެހެއެވެ. ނޫނީ ދެވޭ ތައުލީމުގެ ފައިދާއެއް ނުކުރާނެއެވެ.

ދަރިންނަށް ކިޔަވައި ދިނުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ކީރިތި ޤްރްއާނުން ބާވައިލެއްވެވި ފުރަތަމަ ސޫރަތުގެ ފުރަތަމަ އާޔަތުގައި "އިޤްރައު" ވަޙީ ކުރައްވަވާފައި އޮތުމުން އުނގެނުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އެނގިގެންދެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަޒްމަތު ޖަމީލް ދެއްވި ދަރުސުން

އާރޓިކަލް ރޭޓްކުރައްވާ


40%
ވ.ރަނގަޅު
0%
ރަނގަޅު
13%
އޯކޭ
45%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް