އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އީމާންކަން ހުރި މީހަކު ދެމަފިރިއެއްގެ ކައިވެނި ރޫޅުވައެއް ނުލާނެ!

އީމާންކަން ހުރި މީހަކު ދެމަފިރިއެއްގެ ކައިވެނި ރޫޅުވައެއް ނުލާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

ވިޔަފާރިއާއި މަޤާމުގެ ބޭނުމުގައި އެއްވެސް ބިރެއް އަދި ޖެހިލުމެއް ނެތި އަނެކުންނަށް ދެރަދެމުންދާއިރު އެންމެ ގިނަ ބައަކަށް ކުރެވޭ ކުށަކީ ދެމަފިރިންގެ ދެމެދަށް ވަނުމެވެ. ދެމަފިރިން ވަރިކުރުވައިގެން ތިމާ ބޭނުންވާ މީހަކާއި ކައިވެނިކުރުމެވެ. މިފަދަ ކޮންމެ ކަމަކުން އަނިޔާ ލިބޭ މީހަކު ހުންނާނެއެވެ. ގިނަފަހަރު ދަރިންތަކެއްވެސް ތިބޭނެއެވެ.

އެންމެ ފަހަރަކުވެސް ނިކަން ވިސްނައިލަބަލާށެވެ! ތިމާގެ އަނބިމީހާ ނުވަތަ  ފިރިމީހާ ތިމާ އާއި ދުރުކޮށްފިނަމަ ތިމާ އުފުލަންޖެހޭނެ ހިތާމަތަކާއިމެދުގައެވެ! ތިމާގެ މުސްލިމްކަން، އީމާންކަން ފުރިހަމަވަނީ ތިމާއަށް އެދޭ ކަންކަން އަނެއް އަޚާއަށް، އުޚުތަށްވެސް އެދުމުން ކަމަށްވާއިރު ތިމާއަށް ލިބެން ނުއެދޭ އަނިޔާއެއް އެހެން މީހަކަށް ލިބުމަށް އެދެވޭނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ އަނިޔާއެއް އެހެން މީހަކަށް ދޭ މީހާގެ އީމާންކަން ކޮބައި ހެއްޔެވެ؟

ފިރިހެނަކު ޝަރުޠު ފުރިހަމަވާނަމަ އިތުރު އަނބިން ހޯދުމަކީ ތަފާތު މައްސަލައެކެވެ. ނަމަވެސް ތިމާގެ އަމިއްލަ އުފަލަކަށްޓަކައި ކައިވެނިކޮށްގެން ހުރި އަނބިމީހާ ނިކަމެތިކޮށްލުމަކީ ނުވަތަ ވަރިކުރުމަކީ އަހަރެންގެ ނަޒަރުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިމާގެ އަމިއްލަ އުފަލަކަށްޓަކައި އެހެންމީހަކަށް އަނިޔާއެއް ދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމަކަށް ނުވާތީއެވެ. އެފަދަ އަނިޔާވެރި ކަންކަން ކުރާ މީހުން މިދުނިޔޭގައިވެސް އެ ދުނިޔޭގައިވެސް އެކަމުގެ ރަހަ ދެކޭނެއެވެ. 

އެހެން މީހެއްގެ ހަޔާތަށް މުޞީބާތްތައް ކުރިމަތި ކުރުވުމަކީ ތިމާއަށް މޮޅު ގޮތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ޤަބޫލުކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އެފަދަ ކަމަކުން ވަގުތީ އުފަލެއް ނުވަތަ ހިތްހަމަ ޖެހުމެއް ލިބުނު ނަމަވެސް އެކަން އާޚީރަތުގައި ނިމިގެންދާނީ އަލިފާނަށް ވެގެންނެވެ. އެހެނީ އެކަމުގެ ހިތިރަހަ މިދުނިޔޭގައި ނުލިބުނު ނަމަވެސް އެކަމުގެ އަޒާބު ޤިޔާމަތް ދުވަހުން އެމީހަކާއި އަރައިހަމަކުރާނެއެވެ!

ތިމާއަށް މޮޅު ގޮތް ހޯދަން އެހެން މީހުންނަށް ދެރަ ދިނުމަކީ މިހާރަކަށް އައިސް ވަރަށް ޢާންމު ކަމެކެވެ. އެފަދަ ކަންކަން އެއްވެސް ބިރެއް ނެތި ކޮށްލާ މީހުންގެ އަދަދު މިދަނީ އިތުރުވަމުންނެވެ. އެފަދަ ކަމެއް ކުރުމުގެ ކުރިން ހަމަ ކޮންމެ މީހަކު ނަމަވެސް އަމިއްލައަށް ހިސާބުތައް ހަދައިލުން ރަނގަޅުވާނެއެވެ. ދުނިޔޭގައި ކަންކަން ހިނގަމުން އައިސްފައިވާ ގޮތުގެ ތާރީޚު ބެލުމުގެ އިތުރުން ތިމާ ރަނގަޅަށް ދަންނަ މީހުންގެ ތެރެއިން އެހެން މީހުންނަށް ގެއްލުންދީފައި މޮޅު ގޮތް ހޯދަން އުޅުނު މީހުންނަށް މެދުވެރިވެފައިވާ ގޮތަށް ވިސްނައިލުމުން އެކަން ރަނގަޅަށް އެނގޭނެއެވެ. 

އެހެން މީޙަކަށް ދެރައެއް ނުވަތަ ހިތާމައެއް ދީފައި މިދުނިޔޭގައިވެސް އުފަލުގައި އުޅެވިފައި ހުންނާނީ މަދު މީހަކަށެވެ. ގިނަ މީހުންނަށް  މިދުނިޔޭގައި ވެސް އެކަމުގެ ހިތާމަ ތަޖުރިބާ ކުރަން ޖެހެއެވެ. މިދުނިޔޭގައި ތަޖުރިބާ ކުރަން ނުޖެހުނު ނަމަވެސް ކުރިން ބުނި ފަދައިން އާޚިރަތުގައި ލިބިގަންނަން ނުޖެހިއެއް ނުދާނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގައި އަންހެނުން މަދީ ހެއްޔެވެ؟ ނުވަތަ ފިރިހެނުން މަދީ ހެއްޔެވެ؟ ދެމަފިރިއެއްގެ ދެމެދަށް ވަދެގަނެ ދެމަފިރިން ވަރިކުރުވައިގެން ނޫނީ ކައިވެނި ކުރާނެ މީހަކު ހަމަ ނުފެނަނީ ހެއްޔެވެ؟ 

ބައެއް މުސްލިމް ޤައުމުތަކުގައި އެކަނިވެރި މައިންނާއި ވަރިކޮށްފައި ތިބި އަންހެނުންގެ އަދަދު ވަނީ އިންތިހާއަށް ގިނަވެފައެވެ. ވީމާ ދެމަފިރިންގެ ދެމެދަށް ވަނުމުގެ ބަދަލުގައި، މީހުންގެ އަނބިން ވަރިކުރުވައިގެން ކައިވެނި ކުރުމުގެ ބަދަލުގައި ތިބާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ، އަދި ޤާބިލު ނަމަ އެފަދަ އަންހެނުންނާއި ކައިވެނިކޮށް ހެޔޮ ގޮތުގައި އެކަނބަލުންގެ ބޭނުންކުރާށެވެ! ﷲ ތަޢާލާއަށްޓަކައި އެފަދަ ކަމެއް ކޮށްފިނަމަ އެކަން ވާނީ ތިމާއަށް އާޚިރަތް ދުވަހުގައިވެސް ފައިދާކުރާނެ ކަމަކަށެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
7%
ރަނގަޅު
19%
އޯކޭ
39%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް