އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިއުބާގައި ދަތުރުކުރި ބަހެއް ފުރޮޅާލާ 7 މީހުން މަރުވެ، 33 މީހުން ޒަޚަމްވެއްޖެ

ކިއުބާގައި ދަތުރުކުރި ބަހެއް ފުރޮޅާލާ 7 މީހުން މަރުވެ، 33 މީހުން ޒަޚަމްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ކިއުބާގައި ދަތުރުކުރި ބަހެއް ފުރޮޅާލާ 7 މީހުން މަރުވެ، 33 މީހުން ޒަޚަމްވެއްޖެއެވެ.

 

މާސްމީޑިއާގައި ބުނެފައިވާ ގޮތުގައި މި ބަސް ފޮރޮޅާލީ އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ. އަދި މަރުވި މީހުންގެ ތެރޭގައި އާޖެންޓީނާ، ޖަރުމަން އަދި ފްރާންސްއާއި ކިއުބާ މީހުން ހިމެނެއެވެ.

 

މި ހާދިސާގައި އަނިޔާވި މީހުންނަށް ލިބިފައިވާ އަނިޔާގެ ތެރޭގައި ހަށިގަނޑުގެ އެކިތަންތަނުގައި ރެނދުލުމާއި މަށައިގެން ދިއުމާއި އެކިވަރުގެ އަނިޔާތައް ހިމެނެއެވެ.

 

         

  

ވިއާ އަޒުލް ކޮމްޕެނީގެ މި ބަހުން 40 މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި އާޖެންޓީނާ، ކެނެޑާ، ސްޕެއިން، ޔޫއެސް، ފްރާންސް. ނެދަރލޭންޑްއަދި މެކްސިކޯއަށް ނިސްބަތްވާ 22 މީހުން ދަތުރުކުރިކަމަށްވެސް މާސްމީޑިއާގައި ވަނީ ބުނެފައެވެ.

 

ޑްރައިވަރާ ހަވާލާދީ ބުނެފައިވާ ގޮތުގައި ބަރަކާއޯ އަވަށުގެ ހައިވޭގައި ދުއްވާފައިދިޔަ މިބަސް އޭނާ ބަސްދުއްވީ މަޑުންނެވެ. ނަމަވެސް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނައްޓާލީއެވެ.

 

މި ހާދިސާ މިހާރު އަންނަނީ އެ ޤައުމުގެ ފުލުހުން ތަހުގީގު ކުރަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް