އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި މަރުވި ޒުވާން އަންހެނެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

ހުޅުމާލޭގައި މަރުވި ޒުވާން އަންހެނެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ހުޅުމާލޭގައި މަރުވި ޒުވާން އަންހެނެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

 

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އުމުރުން 27 އަހަރުގެ އަންހެނެއް މަރުވެގެން ޓްރީޓޮޕް ހޮސްޕިޓަލުން ރޭ 21:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އެއަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

ފުލުހުން ބުނި ގޮތުގައި، މަރުވި އަންހެން މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަ ފެނުމަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އޭނާގެ މަރުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

އެނގިފައިވާ ގޮތުގައި ރޭ ހުޅުމާލެއިން މަރުވެފައިވަނީ މުރަކަ 7، އައިޝަތު ވިޝާމާ ކިޔާ މީހެކެވެ. އޭނާ މަރުވީ ޕާޓީ ޑްރަގްސް ބޭނުން ކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ޚާބަރު ފަތުރަމުން ދިޔަ ނަމަވެސް، ފުލުހުން ބުނެފައިވަނީ މިއީ އަދިވެސް ތަހުގީގު ކުރާ މައްސަލައަކަށްވުމުން، އެކަމުގެ ތަފްސީލެއް އަދި ދެވެން ނެތް ކަަމަށެވެ. ނަމަވެސް އަވަސް މުސްތަޤުބަލެއްގައި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

 

ވިޝާމާގެ ޖަނާޒާ، މިއަދުގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ