އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިއެރުން ލިބޭނީ ހެނދުނު ހުސް ބަނޑާ އަންނަކަން ފާހަގަކުރެވުނު ފަދައިން ފަތިސް ނަމާދު ނުކޮށް އަންނަކަން ވެސް ފާހަގަކުރެވިގެން!

ކުރިއެރުން ލިބޭނީ ހެނދުނު ހުސް ބަނޑާ އަންނަކަން ފާހަގަކުރެވުނު ފަދައިން ފަތިސް ނަމާދު ނުކޮށް އަންނަކަން ވެސް ފާހަގަކުރެވިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމަކީ ވަރަށް ރަނގަޅު ފެށުމެކެވެ. ނަމަވެސް މިއަށްވުރެ ދަރިވަރުންނަށް މުހިންމީ ދަރިވަރުންނަކީ ފަތިސް ނަމާދުން ފަށައި ފަރުޟު 5 ނަމާދުކުރާ ދަރިވަރުން ކަމުގައި ވުމެވެ.

އެހެނީ ސްކޫލުތަކުގައި ކިޔަވާ ދަރިންގެ ތެރެއިން ބޮޑު އާބާދީއެއްގެ ކުދިންނަކީ ބާލިޣްވެ ނަމާދު ވާޖިބުވާ ކުދިންނެވެ. މިހާރުވެސް ނަމާދަށް ދަރަމުންދާ ކުދިންނެވެ. މިއަދު މަރުވިނަމަވެސް ޖަވާބުދާރީވާން ޖެހޭނެ ކުދިންނެވެ. ދަރިވަރުންނަކީ ފަތިސް ނަމާދާއި ފަރުޟު 5 ނަމާދު އަދާކުރާ ކުދިން ކަމުގައި ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަން ދައުލަތުގެ ބަޖެޓުން ހަމަ އެންމެ ރުފިޔާއެއްވެސް ހޭދަކުރާކަށް ވެސް ނުޖެހޭނެއެވެ.

 

ދަރިވަރުންނާއި ރައްޔިތުން ހައިހޫނުކަމުން ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުން ލައްވައި ނަމާދުކުރުވުމެވެ. ނަމާދު ވާޖިބުވާ މީހުން ނަމާދު ނުކުރާނަމަ އެކަމަށް ފިޔަވަޅު އަޅައި ދޭންޖެހޭ އަދަބު ދީގެންވެސް ނަމާދު ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. ﷲ ތަޢާލާ ހަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ.

ދަރިވަރުން ލައްވައި ނަމާދުކުރުވައި ދަރިވަރުންނަކީ ނަމާދަށް އަހުލުވެރި ކުދިބައަކު ކަމުގައި ހެދުމަކީ ތައުލީމީ ވަޒީރުގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ މަސްއޫލިއްޔަތެކެވެ. ހިތާމައަކީ ތައުލީމީ ވަޒީރު މިއަދު ދެއްވި މުޅި ޚިޠާބުގައިވެސް މި މުހިންމު ފަރުޟުގެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނެތްކަމެވެ. އިސްލާމް ދީނާއި އިސްލާމީ އަޚްލާޤާއި އިސްލާމީ ތަރުބިއްޔަތުގެ އެއްވެސް ވާހަކައެއް މިނިސްޓަރުގެ ޚިޠާބުގައި ނެތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެނީ ދިރާސީ އައު އަހަރާއި ގުޅިގެން ވަޒީރު ދެއްވާ ޚިޠާބަކީ މުޅި އަހަރު ތައުލީމީ ނިޒާމު ކުރިއަށް ގެންދާނެ ގޮތުގެ ސިޔާސަތު ކަމަށްވުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް