އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުން އަމިއްލައަށް ނުކުމެ އަނިޔާ ލިބިގަތުމަށްފަހު އަނިޔާ ލިބިއްޖެ ކަމަށް ބުނެ ޝަކުވާ ކުރީމާ ކޮށްދެވޭނީ ކޮންކަމެއް؟: މުފްތީ މެންކް

އަންހެނުން އަމިއްލައަށް ނުކުމެ އަނިޔާ ލިބިގަތުމަށްފަހު އަނިޔާ ލިބިއްޖެ ކަމަށް ބުނެ ޝަކުވާ ކުރީމާ ކޮށްދެވޭނީ ކޮންކަމެއް؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް މިއަދު އެންމެ ގިނައިން އަދި އެންމެ ބާރަށްވެސް އިވޭނީ އަންހެނަކަށް ކޮންމެވެސް ބައަކު ޖިންސީ ގޯނާ ނުވަތަ އެނޫންވެސް އަނިޔާއެއް ކޮށްގެން އުޅޭކަމުގެ ވާހަކަތަކެވެ. އެފަދަ ކަންކަމަށް އަހަރެމެން އެންމެން ވެސް ކަންބޮޑުވަމެވެ. ދެރަވެސް ވަމުއެވެ. އެފަދަ ކަންކަން ކުރުމުން އެކަން ކުރާ ބައަކަށް ނަފުރަތުވެސް ކުރަމުއެވެ. 

އެހެންކަމާއިއެކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަން އެބަހުއްޓެވެ. އިސްލާމް ދީނަކީ އަންހެނުންނަށް އެންމެ ފުރިހަމައަށް ހިމާޔަތާއި ރައްކައުތެރިކަން ދީފައިވާ ދީނެވެ. އަންހެނުންނަށް ފާރަވެރިވެ ހިމާޔަތްކޮށް ބަލަހައްޓަން އަމުރުކޮށްފައިވާ ދީނެވެ. މަޙްރަމަކާއި ނުލައި ބޭރުގައި އެކަނި އުޅުމާއި މަހްރަމަކާއި ނުލައި ދަތުރު ކުރުން މަނާކުރާ ދީނެވެ. 

މިހުރިހާ ރައްކައުތެރިކަމެއް ދިނުމުން އަންހެނުންގެ ތެރެއިން ބައަކު މިބުނަނީ އިސްލާމް ދީނުގައި ތިމަންނަ މެންނަށް ތިއަ ފަދައިން ރައްކައުތެރިކަން ދީފައި އޮތް ނަމަވެސް އެކަންކަން ބޭނުން ނޫން ކަމަށެވެ. އެއީ އަޅުވެތިކަން ކަމަށާއި ތިމަންނަމެން ބޭނުންވަނީ މިނިވަންކަން ކަމަށެވެ. މިނިވަންކަން ހިފަހައްޓާނަމަ އެއީ ތިމަންނަމެންގެ ހައްޤުތަކަށް އަރައިގަތުން ކަމަށެވެ. 

އިސްލާމް ދީނުގައި ދެ ޖިންސުގެ މީހުން ބައްދަލުކުރުން މަނާކޮށްފައެއް ނުވެއެވެ. އޮތީ އެފަދަ ކަންކަން ކުރާނެ ކަމުގެ ގައިޑްލައިނެކެވެ. އެ ގައިޑް ލައިން ދޫކޮށްލައިގެން ނުވާނެއެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް އެ ގައިޑް ލައިން ހިފަހައްޓަންވާނެއެވެ. 

ރަނގަޅަށް ވިސްނާށެވެ. އަހަރެމެންގެ ފައިދާއަށްޓަކައި މެނުވީ ﷲ ތަޢާލާ އެއްވެސް ކަމެއް ކުރުމަށް ވެސް އަދި ނުކުރުމަށްވެސް ބަޔާން ކުރައްވަވައިފައެއް ނުވެއެވެ. އެހެންކަމަށްވާއިރު ﷲ ތައާލާގެ އެންގެވުންތައް މުގުރާލައި ތިމާއަށް ފެންނަ ގޮތަށް އުޅެނިކޮށް އަނިޔާއެއް ލިބުމުން އެކަމުގެ ޝަކުވާ ކުރަންވީ އަމިއްލަ ނަފުސަށް ނޫން ހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ! ތިބާއަށް އަނިޔާއެއް ލިބުމުން ﷲ ތަޢާލާގެ އެންގެވުންތައް މުގުރަން ހިތްވަރުދިން މީހުން ކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ދެރަވެ ކަންބޮޑުވާ ކަމަށް ހަދައި ޑްރާމާ ކުޅުން ނޫން އެއްވެސް ކަމެއް ކުރޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ލިބުނު ގެއްލުމަށް ފަރުވާކުރަން އެންމެ ޑޮލަރެއްވެސް އަމިއްލަ ޖީބުން ދިއްކޮށްލާހެއްޔެވެ؟ 

ބައެއް ހާލަތުގައި ކޮންމެވެސް ވަރެއްގެ އެހީއެއްވެސް ވެދާނެއެވެ. އެއީ ހިތްވަރުދީގެން އަދިވެސް އެމީހުންގެ ޓީމުގައި ގެންގުޅުމަށެވެ. ނުބައި އަމަލުތައް ކުރުވުމަށެވެ. ނަމަވެސް ގޮންޖަހާފައި ބުނަމެވެ. އެފަދަ އަނިޔާއެއްގެ ސަބަބުން ތިބާއަށް ބޮޑު އަނިޔާއެއް ލިބި، ނުކުޅެދުންތެރިއަކަށް ވެއްޖެނަމަ ތިބާ ކޮބައިތޯ ބަލައިވެސް ނުލާނެއެވެ. 

ﷲ ތަޢާލާ އަހަރެމެންނާއިމެދު އަމަލު ކުރައްވަވަނީ އެގޮތަކަށް ނޫނެވެ. ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވައެވެ. ހެޔޮ ރަޙްމަތްފުޅު އިރާދަކުރައްވަވައެވެ. ބަލިތަކަށް ޝިފާ ދެއްވަވައެވެ. 

ލޮބުވެތި އުޚުތުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް އަމަލުކުރާ ބައަކަށްވާށެވެ! އެއިރުން ކުރިމަތިވާ މައްސަލަތައް މަދުވާނެއެވެ. ހިތާމަކުރަންޖެހޭ ހާލަތްތައް ކުރިމަތިވުން މިހާރަށްވުރެ އެތައް ގުނައަކަށް މަދުވާނެއެވެ! ﷲ ތަޢާލާ ދެއްވަވާފައި ނުވާ މިނިވަންކަމެއް ހޯދަން މަސައްކަތް ނުކުރާށެވެ! ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގައި ފުރިހަމައަށް ސާބިތުވާށެވެ!

މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް