އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް އަލީ ޒައިދު ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރުވާން އަންގައިފި

ޝައިޚް އަލީ ޒައިދު ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރުވާން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 1 ސިކުންތު

ރާއްޖޭގެ މައްޝޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރުވާން އަންގައިފިއެވެ.

 

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ޝައިޚް ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 20:30 އަށް ކަމަށެވެ.

 

މިކަމާއި ގުޅޭ ގޮތުން ޝައިޚު ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކާއި ގުޅިގެން އެއިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

 

މީގެއިތުރުން ޝައިޚް ވިދާޅުވެފައިވަނީ، އޭނާ ދެއްކެވި ވާހަކަތައް ޓްވިޓާ އިން ފެންނަން ހުންނާނެ ކަމަށާއި މީސްމީހުން ޝެއިޚްއޭ ކިޔައިގެން ދައްކާ ދޮގު ހަދައިގެން ދައްކާ ވާހަކަ ފަތުރާއިރު ފުލުހުން އެކަމަށް ފިޔަވަޅު ނުއަޅުއްވާ، ހާޒިރު ކުރަނީ ޝާއިޚް ކަމުގައެވެ.

 

"ތަހުގީގަކަށް އަޅުގަނޑު ފުލުހަށް ދިޔުމަށް އެބޭފުޅުން އެދިއްޖެ! ދެއްކި ވާހަކަ އެހުރީ ޓްވީޓްގައި. އޭގެ އިތުރުން މީސްމީހުން އަޅުގަނޑޭ ކިޔައިގެން ރޯ ބުހުތާން ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު ފުލުހުން އެކަމަށް ފިޔަވަޅު ނުއަޅުއްވާ، ހާޒިރު މިކުރަނީ އަޅުގަނޑު. އަދުލުވެރިވެލައްވާ!" ޝައިޚް ޒައިދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

 

ދީނީ ޢިލްމުވެރިޔާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގަފައިވީ ނަމަވެސް، ހާޒިރުކުރާ ވަކި ސަބަބެއް އަދި ސާފެއް ނުވެއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ