އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢައިޝަތު ނަހުލާއަށް ވަރުގަދަ "ލޮޓިއެއް" ދޭން ރައީސް ޔާމީން ޕާޓީން ތައްޔާރުވަނީ؟

ޢައިޝަތު ނަހުލާއަށް ވަރުގަދަ "ލޮޓިއެއް" ދޭން ރައީސް ޔާމީން ޕާޓީން ތައްޔާރުވަނީ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ރައީސް ޔާމީނަށް އަދުރޭ އުފައްދައިދޭ ޕާޓީން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާއަށް ވަރުގަދަ "ލޮޓިއެއް" ދޭން ތައްޔާރުވަމުން އަންނަކަމަށް ޤަބޫލުކުރެވޭ ފަދަ ގޮތަށް އެޕާޓީން މިއަދު ވެސް ވާހަކަދައްކައިފިއެވެ.

 

އަދުރޭ މިއަދު ވަނީ ޢައިޝަތު ނަހުލާ ވާނީ ޤާސިމް އިބްރާހީމް ފަދަ ލީޑަރަކަށް ކަމަށް ބުނެ ޢައިޝަތު ނަހުލާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ހަމަ މިމޭރުމުން ރައީސް ޔާމީން ޤާސިމް އިބްރާހީމް އަށްވެސް ތައްރީފް ކުރެއްވިއެވެ.

 

ޤާސިމް އިބްރާހީމްއަށް މީގެ ކުރިން ކުރައްވަން ޖެހިވަޑައިގެންނެވި ފަދަ ހިތި ތަޖުރިބާއެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީނު ޤާސިމް އިބްރާހީމްއަށް ދެއްވި ފޮނި ތަޖުރިބާއަށް ވެގެން ދިއައީ ޤާސިމް އިބްރާހީމްގެ މުޅި މިލްކިއްޔާތު އަތުލައިގަންނަން އުޅުމާއި ހައްގު ނޫން ގޮތުގައި މިލްކިއްޔާތުތައް އަތުލުމާއި ހައްޤު ނޫން ބޮޑެތި ޖުރުމަނާތައް ކުރުމާއި އެކައުންޓްތައް ފްރީޒް ކުރުމާއި ޤާސިމް އިބްރާހީމްގެ އިތުރުން ޤާސިމް އިބްރާހީމްގެ ވިޔަފާރީގެ ކަންކަން ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހުންނެވި ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ވެސް ހިފައި ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމެވެ. ރައީސް ޔާމީނު ދެކެވަޑައިގަންނަވާ ގޮތުގައި މިކަންކަމަކީ ޤާސިމް އިބްރާހީމްއަށް ކުރިމަތި ކޮށްދެއްވި ފޮނި ތަޖުރިބާތަކެއް ނަމަވެސް ޤާސިމް އިބްރާހީމްގެ ޢާއިލާ އާއި ސަޕޯޓަރުން އެކަން ދެކެނީ އެގޮތަކަށް ނޫނެވެ.

 

"އެފަދަ ޤައުމީ ބަޠޮލެއް ލައްވައި ފާޚާނާ ސާފުކުރުވަން ނުވާނެ" ކަމަށް ރައީސް ޔާމީނު ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވުމަށްފަހު ޤާސިމް އިބްރާހީމް ލައްވައި ވަނީ ފާޚާނާ ވެސް ސާފުކުރުވާފައެވެ. މިކަންކަމުގެ އިތުރުންވެސް ވަނީ ދެވުނުހައި އަނިޔާއެއް ދީފައެވެ.

 

މިހުރިހާ ކަމަކަށް ބެލުމުން ވެސް އެނގެނީ ރައީސް ޔާމީނާއި ރައީސް ޔާމީނުގެ ޕާޓީން މީހަކަށް ތައުރީފުކޮށްފިނަމަ އެކަން އެމީހަކަށް ފެނިގެންދާނީ ދުނިޔޭގައި ދެވޭ އެންމެ ބޮޑު އަނިޔާގެ ގޮތުގައިކަމެވެ.

 

ޓްރާންސްޕޯޓް މިނިސްޓަރުގެ ހައިޞިއްޔަތުން ޢައިޝަތު ނަހުލާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައްޔިތުން އަންނަނީ ބަލައިގަންނަމުންނެވެ. ރައްޔިތުން ގެންދަނީ އެކަމަނާގެ ޚިދުމަތްތަކަށް ތަޢްރީފްކުރަމުންނެވެ. ދުވަހެއް ދުވަހަކަށް އަންނަނީ އެކަމަނާގެ މަޤްބޫލުކަން ބޮޑުވަމުންނެވެ.

 

އެހެންކަމުން އަދުރޭ މިއަދު އެކަމަނާއަށް ކުރި ތަޢްރީފްތައް ގިނަބައަކު ދެކެނީ އެކަމަނާއަށް ވަރުގަދަ "ލޮޓިއެއް" ދިނުމަށް ރާވާ ކަމުގެ ހެއްކެއްގެ ގޮތުގައެވެ. ޤައުމަށް އިޚްލާޞްތެރި، ރައްޔިތުންނަށް ދީލަތި، ހަރުދަނާ ސިޔާސީ ބަޠޮލުން ނުވަތަ ލީޑަރުންނަށް ނުހައްޤުން އަނިޔާ ކުރުމަކީ ދުނިޔޭގެ އެންމެ ބޮޑެތި އަނިޔާވެރިންގެ ކިބައިން ނޫނީ ފެންނަ ކަންކަމެއް ނޫން ކަމަށް އެންމެންވެސް ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް